ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކަށް ދޭން ބުނި ފައިސާ ލިބޭނެ: އާބަންކޯގެ އެމްޑީ ފަޒުލް

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު --- - ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތައް ހަދަން ކުރި ހަރަދުތަކުގެ ގޮތުގައި އެޕާޓުމެންޓުތަކުގެ ވެރިންނަށް ދޭން ވައުދުވި ދެ ލައްކަ ރުފިޔާ ލިބޭނެކަމަށް އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓު ފިނިޝިންގް މިސައްކަތްތަކުގެ ގޮތުގައި ފްލެޓުތަކުގެ ވެރިންނަށް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަދައިގެންނެވި ވައުދުތައް ފުއްދަވައިނުދެއްވާނެކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާއިއެކު ފަޒުލްވަނީ އެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ހިޔާ ފްލެޓު ހަދަން ހަރަދުކުރި ފައިސާ ފްލެޓުތަކުގެ ވެރިންނަށް ހަމަޖައްސައިދޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެ ވައުދު ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދަވާނެކަމަށް އާބަންކޯ އާއި ހަވާލުވެވަޑައިގެން ހުންނެވި ފަޒުލް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް މި މައުލޫއާއިމެދު ވާހަކަދައްކަވައި ކަންބޮޑުވުން ފާޅުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ފޮތުގައި ހިމަނާފައިނުވާކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: