ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމާޒަކީ ކޮޕް-28 ގެ ތެރެއިން އިތުރު ޕްރޮޖެކްޓްތަކާއި، ފަންޑު ހޯދުން!

ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް-28 ގެ ތެރެއިން އިތުރު ޕްރޮޖެކްޓްތައް ރާއްޖެއަށް ހޯއްދަވައިދެއްވާނެކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ކޮޕް ސަމިޓުގައި ބައިވެރިވުމަށް ޔޫއޭއީއަށް ފުރަވަޑައިގަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްވި ވާހަކައިގައެވެ.

މިނިސްޓަރު ވިދާޅުވީ މޫސޫމީ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް މި ކޮންފަރެސްގައި މަޝްވަރާކޮށް، މަސައްކަތް ކުރައްވާނެކަމަށެވެ. ކަރަންޓު އުފެެއްދުމަށް ރާއްޖެއިން ތެލަށް ކުރާ ހަރަދު ކުޑަކޮށް ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް ފައިސާ ހޯދުމަށް ރިނިއުބަލް އެނާޖީ ޕްރޮޖެކްޓުތައް ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަންކަމަށް މަގުފަހިވާނެފަދަ ޕްރޮޖެކްޓުތައް ހޯދުމަށް މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަމިޓުގައި ރާއްޖޭގެ ހައްގުގައި ވަރަށް ގިނަކަންކަމާ މެދު މަޝްވާކުރެވޭނެ، އަަދި އޭގެ ފައިދާ ގައުމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ހަދާފައިވާ “ލޮސް އެންޑް ޑެމޭޖް” ފަންޑު މެދުވެރިކޮށް ފަސޭހައިން ފައިސާ ނެގޭނެގޮތްތަކެއް ހެދުމަށް ވަކާލާތު ކުރެވިގެންދާނެ

މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުން ބޭރުކުރާ ގޭސްތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާންޖެހެނީ ރާއްޖެފަދަ ކުދި ގައުމުތަކަށްކަމަށް ފާހަގަކުރައްވާ، މިކަމަށް ހައްލު ހޯދުމަށްވެސް ވަކާލާތު ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިއަރާފައިވާ ފުދުންތެރި ގައުމުތަކުން “ލޮސް އެންޑް ޑެމޭޖް ފަންޑަށް” ފައިސާ ޖަމާކޮށް، އެ ފައިސާ ބޭނުންވާ ވަގުތުތަކުގައި ފަސޭހައިން ނެގޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ވަކާލާތު ކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަކާލާތު ކުރައްވާނީ ނޭޗާ ބޭސްޓް ހައްލުތަކެއް ހޯދުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: