ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ގައްސާން މައުމޫނާ ހަވާލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން މިނިސްޓަރ އޮފް ޑިފެންސް އާ ހަވާލުކުރައްވާފައި ވަނީ އެވުޒާރާއާއި ހަވާލުވެވަޑައިގެން ހުންނެވި ޑރ. ޢާއިޝަތު ރަމީލާ ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ އެވެ. އެ ކަމަނާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން އެ ވުޒާރާއާއި ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަތުމަށް ހަވާލުކުރެއްވީ ގައްސާނަށްށެވެ.
ކެންސަރު ހުރިކަން އިނގިވަޑައިގަތީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުންނަވަނިކޮށް ކަމަށާއި ގައުމުން ބޭރަށް ވަޑައިގަންނަވަނީ ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ހޯއްދެވުމަށް ކަމަށް މީގެކުރިން ރަމީލާ ހާމަކުރައްވާފައިވެ އެވެ. އޭނާ ފަރުވާއަށް ފުރާވަޑައިގެންނެވީ ނޮވެމްބަރު 23, ގަ އެވެ.

