ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން އަނބުރާ ގެންދަން އިންޑިއާއިން ވަނީ އެއްބަސްވެފައި: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެތިބުމަށް ފުރުސަތު ލިބޭކަމަށް ބުނެ އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުލީ ޕީޕީއެމް/ޕީއެންސީ އެވެ. ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު ރިޔާސީ ވައުދު ފުއްދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އެކަމުގެ ބައެއް ރަސްމީ ބައްދަލުވުންތައް ރައީސް ކުރިޔަށް ގެންދެވި އެވެ.

މިހާތަނަށް އައިއިރު ކުރެވިފައިވާ މަޝްވަރާތަކާއި، އަދި މަސައްކަތް ދިޔަ ހިސާބަކީ ކޮބައިތޯ އުފެދޭ ސުވާލަށް ރައީސް މިއަދު ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައިވާތީ އެކަމަށް އިންޑިއާ އިހުތިރާމް ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ކަންބޮޑުވުންތައް އަޑުއަހަން ވެސް އެ ގައުމު ތައްޔާރުކަމަށާއި، ޔޫއޭއީގައި ބޭއްވި ކޮޕް-28 ހަވާސާފައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެކު ބޭއްވި ބައްދަލުވުމުގައި ހައިލެވެލްއެއްގައި އެ މަސައްކަތް ކުރިޔަށް ގެންދަން ތައްޔާރުކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލަށް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަބައަވުމަކީ ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވެ، މިހާރު ވަނީ ޓެކްނިކަލް ލެވެލްގައި ކުރަން ޖެހޭ މަސައްކަތްތައް ފެށިފަ އެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ އެކި އިސް އޮފިޝަލުންތަކާއި އެކު ބޭއްވި ބައްދަލުވުންތަކުގައި، ތަކުރާރުކޮށް މި ކަންބޮޑުވުން ހުށަހެޅު ކަމަށެވެ. އަދި ރައްޔިތުންގެ ވިސްނުން ހުރި ގޮތަކީ ކޮބައިކަން ވެސް ސާފުކޮށް ދެންނެވިކަމަށާއި، އެކަމަށް އިންޑިއާގެ އެއްވެސް ދެބަސްވުމެއް ވެސް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ މި ގައުމުން އިންޑިާގެ ސިފައިން ބޭލޭނެ… ވަރަށް އަވަަހަށް އަޅުގަނޑުމެން އެކަން ހާސިލު ވެސް ކުރާނަން..

ސަރުކާރުގެ މަސައްކަތާއި ހަވާލުވުމުގެ ކުރިން ޓްރާންސިޝަންގެ މުއްދަތުގައި އެކުލަވާލި ކޮމިޓީތަކުގެ އެކި މައުލޫމާތުތަކާއި އަދި ވެރިކަމުގެ ފުރަތަމަ ދުވަހު އެއްކުރި މައުލޫމާތުގެ އަލީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ރައީސް އޮފީހުން ބުނީ ރާއްޖޭގައި 77 އިންޑިއާގެ ސިފައިން އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އިންޑިއާ ދެމެދު އެކުލަވާލި ބައިލެޓްރަލް އެއްބަސްވުންތަކުގެ އަދަދު 100 އިން މައްޗަށް އަރަ އެވެ.

އިންޑިއާގެ ސިފައިން ބޭލުވުމުގެ ވާހަކައާއި އެކު ރައީސް ދެން ފާހަގަކުރައްވާ އަނެއް ވާހަކައަކީ، ޚާރިޖީ ސިޔާސަތުތަކުގެ ދަށުން ބާއްވާ ގުޅުންތަކަކީ އެއީ އެއްވެސް ހާލަތެއްގައި ވަކިކޮޅަކަށް ބުރަވެފައިވާ އަދި ތަފާތު ކުރުންތަކެއް ގެންގުޅޭ މޭރުމުން ކުރަން ޖެހޭ މަސައްކަތެއް ނޫން ކަމަށެވެ. ކޮންމެ ގައުމަކަށް ވެސް މުހިންމުވާނީ އަމިއްލަ މިނިވަންކަމާއި، އިގްތިސާދު ކުރިއަރުވައި އެ ގައުމެއްގެ ރައްޔިތުންގެ ލާބައާއި މަންފާކަމަށްވުމާއި އެކު ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް ޕޮލިސީކަމަށް ރައީސް ވިދާޅުވި އެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: