ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީބީގެ މެންބަރުކަމަށް އައްޔަންކުރެއްވި މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުކަމަށް މި ސަރުކާރުން އައްޔަންކުރެއްވި ފަސް މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށެވެ

ޕީސީބީއަށް އައްޔަންކުރާ މެންބަރުން:

  1. ބޯޑުގެ ރައީސްކަމަށް ހަމްދީ އަގީލް
  2. އިކޮނޮމިކްސް ދާއިރާއަށް ހަސަން ޒަރީރު
  3. އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންއަށް އަހުމަދު މުޝްތާގު
  4. ބޭންކިންގެ ދާއިރާއަށް ލީނާ އަބްދުލް ޖަލީލް
  5. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިއަށް މޫސާ ފަތުހީ އާދަމް

ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާއިރު، މީގެ ތެރޭގައި އެ ބޯޑަށް ގާނޫނީ ދާއިރާއިން އައްޔަންކުރެއްވި އަހްމަދު ނަޝާތުގެ ނަން ހިމަނުއްވާފައެއް ނުވެއެވެ. މި ބޯޑަށް އެންމެ ފަހުން އައްޔަނު ކުރި މެންބަރަކީވެސް އެއީއެވެ.

ޕީސީބީގައި ޖުމްލަ މެންބަރުންގެ އަދަދަކީ ހަތަކެވެ.އެ ބޯޑުގައި މިހާރު ދައުރު ހަމަނުވެ އިންނެވީ ނައިބު ރައީސް މުހައްމަދު ފިރާޒް އެކަންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: