ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގެ މަޝްރޫއުއާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން އާރްޑީސީއާއި ބައްދަލުކޮށްފި

ފޮޓޯ: ނިޝާން އަލީ/މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ހެދުމުގެ މަޝްރޫއުއާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި ސްޓޭކް ހޯލްޑަރުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އަމީނީ މަގުގެ އެންމެ ފަހު ސެގްމެންޓް 12 އަދި 13ގެ މަސައްކަތްތައް ފެށުމުމަށް ނިންމާފައިވެއެވެ. އަމީނީ މަގުގެ މަސައްކަތްތަކަށް ބާރު ސްޕީޑެއްގައި ކުރިއަށްގެންދިއުމުގެ އެންމެ ފަހުގެ ތައްޔާރިތައް ވަމުންދާކަމަށް އާރްޑީސީން ވަމުންދާކަމަށް ވެސް ވަނީ ބުނެފައެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަން ފެށުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ. އެގޮތުން އަމީނީ މަގުގެ ޓްރެފިކް ފޮލޯ އަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސް ރޫޓުތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ބަލައްޓާ ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އަމީނީ މަގުގެ މަޝްރޫ އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 3 ޖުލައި 2022 ވަނަ އަހަރެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާތަނަށް ކުރިއަށް ގެންގޮސް ނިންމާފައިވަނީ ސެގްމެންޓު 11 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: