ސަރުކާރުގެ ބޯހިޔަވާހިކަމުގެ ސިޔާސަތުތަކުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުން ފިނިޝިންގެ މަސައްކަތަށް ހޭދަވި އަދަދު ކްލިއާ ކުރައްވާނެކަމަށް ވި ވައުދާއި އެއްގޮތަށް ރައީސް ޑރ. މުހައްމައްމަދު މުއިއްޒު ދެ ލައްކަ ރުފިޔާ ކުލިން އުނި ކުރައްވައިފި އެވެ.
މުޅި ދުވަހަށް ދިގުދެމިގެން ދިޔަ ކެބިނެޓު ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ނިންމައި، އެކަން ރައީސް ވަނީ މީޑިއާތަކާއި ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ހިޔާ ފްލެޓުގެ ފިނިޝިންއަށް ފްލެޓު ލިބުނު ފަރާތްތަކުން ކުރި ހަރަދުން ދެ ލައްކަ ރުފިޔާ އުނި ކުރުމުން ކުރިޔަށް އޮތް އަހަރުގެ ކުލި ކުޑަވެގެން ދާނެކަމަށެވެ. މިއާއި އެކު ދެން 2031 ގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ، 3،900 ރުފިޔާ އެވެ.
ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މިހާރު ޑައުން ޕޭމަންޓު ދައްކާ އަދަދު 50 އިންސައްތަ ކުޑަކޮށްދޭނެ ކަމަށެވެ. އަދި އެވްރެޖުކޮށް މަހަކު ދައްކާ އަދަދުން 4،200 ރުފިޔާ އުނިވާގޮތަށް ނިންމާފައިވާ ކަމަށެވެ.
މިހާރު އޮންނަ ގޮތުން ކުރިއަށް އޮތް 7 އަހަރަށް ދައްކަން ޖެހެނީ 5،300 ރުފިޔާ. އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984.21 ރުފިޔާ. މި އަގަށް ކުޑަވަނީ ކުރިއަށް އޮތް 7 އަހަރު ދުވަހަށް މިހާރު އެގްރީމެންޓަށް އަންނާނެ ބަދަލާއި އެކު.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ހައުސިން ޔުނިޓުގެ ކުލި ވެސް 3،300 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
ހިޔާ ފްލެޓުގެ އަގު ކުޑަކޮށް، އެހެން ފްލެޓުތަކުގެ އަގުތަކަށް ވެސް ބަދަލު ގެނައުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
މީގެއިތުރުން ރައީސް ވަނީ، ރަށްތަކުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅާފައިވާ ހައުސިން ޔުނިޓުތަކުން ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖުރިމަނާތައް ވެސް މައާފުކޮށްދެއްވާނެ ކަމަށެވެ. އަދި ނުދެއްކި ހުރި ކުލި ދެއްކޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ކުލި ބަހާލައިގެން ދެއްކޭނެ ގޮތަށް ބަދަލު ކުރައްވާނެ ަމަށެވެ.


One Response
7އަހަރަކީ 84 މަހެވެ ކުޑަކުރީ 1315.79 ރުފިޔާއެވެ އެއީ 110526.36 ރުފިޔާއެވެ. 2 ލައްކަ ހަމަނުވޭ ކޮބާ ބާކީ ބައި