ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އަދި ބިންތިރި ޤައުމުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރަން އެހީ ހޯދަން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ: ތާރިގު

ނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް,
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ އެހީ ހޯދުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ މިހާރު ދުބާއީގައި ކުރިއަށްދާ އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަަކާއި ބެހޭ މުޢާހަދާ ގެ 28 ވަނަ ބައްދަލުވުން، ނުވަތަ ކޮޕް28 ގެ ހަވާސާގައި ރާއްޖޭގެ ފަރާތުން އިސްނަގައިގެން ކުރިޔަށް ގެންދާ ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް (ސީއެސްއާރްއައި) ގެ ދަށުން ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސީއެސްއާރްއައި އިނީޝިއޭޓިވްއަކީ ރާއްޖެ އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު އަމާޒަކީ ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އަދި މިކަމަށް އެޑަޕްޓުވުމަށް، ގުޅިގެން މަސައްކަތް ކުރުމަށާއި އަދި ބޭނުންވާ އެހީ ހޯދާ ތަފާތު ޕްރޮގްރާމްތައް ހިންގުމެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރެވޭ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހަމަޖެހިފައިވަނީ، ފެނުގެ ޔަޤީންކަން ކަށަވަރު ކުރުމަށް މަޝްރޫޢުތަކެއް ހިންގުމަށް އެހީ ހޯދުމެވެ. ސީއެސްއާރުއައި ޕްރޮގްރާމަކީ ޖަރުމަނު ސަރުކާރުގެ ތަރައްޤީއަށް އެހީވެދޭ އޭޖެންސީ، ޖީ.އައި.ޒެޑް އަދި ގްރީން ކުލައިމެޓް ފަންޑާއި ގުޅިގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ބައްދަލުވުމުގައި ސަމޯއާގެ މިނިސްޓަރ ފޯ ނެޗުރަލް ރިސޯސަސް އެންޑް އެންވާރަމަންޓް ޓޯލްސުލުސުލު ސެޑްރިކް ޝޫސްޓަރ ވަނީ މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަމާއި އަދި މިމަސައްކަތުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ފައިދާގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ފުޅުދައްކަވާފައެވެ. މީގެ އިތުރުން، މިބައްދަލުވުމުގައި ޖީއައިޒެޑްގެ ގެ ޑިރެކްޓަރ ކާޓްޔާ ކެމެރަރ ވަނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް ހިންގާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވާފައެވެ. އަދި، ގްރީން ކްލައިމެޓް ފަންޑްގެ ޑިރެކްޓަރ ފޮ ކަންޓްރީ ޕްރޮގްރާމިންގ ޑިވިޝަން ގެ ފަރާތުންވެސް ވަނީ ވާހަކަ ފުޅުދައްކަވާ، އެފަންޑާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދެއްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި، ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުން ސީއެސްއާރުގައި ބައިވެރިވެ ގުޅިގެން މަސައްކަތް ކުރުމަށް، މިނިސްޓަރ ޠާރިޤް ވަނީ އިލްތިމާސް ކުރައްވާފައެވެ. މިބައްދަލުވުމުގައި، ރާއްޖޭގެ އިތުރުން، މި ޕްރޮގްރާމުގައި ބައިވެރިވާ އެހެނިގެން ޤައުމުތަކުގެ މަންދޫބުންނާއި އަދި މަދަނީ ޖަމާޢަތްތަކުގެ ބައިވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: