ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ކޮޕް28އިންވަނީ ހައްލެއް ހޯދައިދިނުމުގައި ފެއިލްވެފައި: އެފްރިކާ

ނައިޖީރިއާގެ ސަރަހައްދެއް އެއްކޮށް ފެންބޮޑުވެފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ކަންކަމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް ހަމަހަމަ ގޮތެއްގައި ފައިނޭންސް ހަމަޖެހިގެންދިއުމަކީ އެފްރިކާ ބައްރަށް ކޮންމެހެންވެސް ބޭނުންތެރިކަމެއް ނަމަވެސް ކޮޕް28 އިންވަނީ ހައްލުތަކެއް ލިއްބައިދިނުމުގައި މިހާތަނަށް ފެއިލްވެފައިވާކަމަށް އެފްރިކާ ތަމްސީލުކުރާ ގުރޫޕުގެ ޗީފް ނެގޯޝިއޭޓަރ ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން ބުނާގޮތުން 2015ގައި ގާއިމުކުރެވިފައިވާ ޕެރިސް އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ މުޖުތަމައިންދަނީ މޫސުމީ މައްސަލަތައް ހައްލުކުރުމާއިމެދު މަޝްވަރާތައް ކުރަމުންނެވެ. އަދި ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަންގެ ނަމުގައި އެފްރިކާ ގުރޫޕުން 2013 ވަނަ އަހަރު ހުށައަޅާފައިވާ ހުށައެޅުމުގެ ދަށުން ސިޔާސީ އަދި މާލީ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްތައް މި އަހަރުގެ ޑުބާއީގައި ކުރިއަށް ގެންދާ ކޮޕް28 ބައްދަލުވުމުގައި ނިމިގެންދާނެކަމަށެވެ.

އެހެންނަމަވެސް ކުރެވެމުންދާ މަސައްކަތްތަކުގު ދުވެލިމަޑުކަމަށާއި ލަނޑުދަނޑިތަކާއި އުސޫލުތަކާއިމެދުވެސް ގައުމުތަކަށް އެއްބަސްވެވިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި އެފްރިކާ ބައްރުގެ ގައުމުތައްފަދަ ކުރިއަރަމުންދާ ގައުމުތަކަށް ލުއިތަކެއް ލިބިގެންދާ ގޮތަށް މާލީ މަސައްކަތްތައް ކުރާނެ އޮނިގަނޑެއް އެކުލަވާލެވިފައިވެސް ނުވާކަމަށާއި ވައުދުވެފައިވާ ގޮތުގެ މަތިން ނަތީޖާތައް ފެނިގެންދާނެކަމާއިމެދުވެސް ސުވާލު އުފެދޭކަމަށް ބުނެފައިވެއެވެ. އަދި އެއްބަސްވުމުގެ ފުރަތަމަ ފަރުމާކުރި ލިޔެކިއުމާއިމެދުވެސް ގައުމުތަކަށް އެއްބަސްވެވިފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

އެފްރިކާ ގުރޫޕުގެ ޗީފް ނެގޯޝިއޭޓަރު އެފްރެއިމް ޝިޓީމާ ވިދާޅުވީ، އެފްރިކާ ބައްރު އޮތީ މޫސުމީ މައްސަލަތަކުން އަރައިގަންނަންޖެހިފައިވާ ކުއްލި ހާލަތެއްގައިކަމަށެވެ. އަދި އެ ސަރަހައްދުުގެ މުޖުތަމައުތަކަށް އިންތިހާ ދަތިތައް ކުރިމަތިވެފައިވާކަމަށާއި މުޅި ދުނިޔެއިންވެސް އެފްރިކާ ބާކީވެގެން ނުދާނެކަން ކަށަވަރުކުރުމަށް ފައިނޭންސިންގް ހަމަޖެއްސުމުގެ ގޮތުން ފިޔަވަޅުތައް އަޅަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެކަމަކީ ކޮޕް28 ބައްދަލުވުމުގެ ތެރެއިން ނިންމޭ އެންމެ މައި އެއް ނިންމުމަށްވާންޖެހޭނެކަމަށްވެސް އޭނާ ފާހަަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މޫސުމީ މައްސަލަތައް ހައްލުވެގެންދިއުމަކީ އެފްރިކާގެ ދެމެހެއްޓިނިވިކަމަށް ކޮންމެހެންވެސް ބޭނުންތެރިކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެފްރިކާއަށް އެހީވުމުގެ ގޮތުން ގައުމުތަކުން ފިޔަވަޅުތައް އެޅުމުގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުންވެސް މުހިންމުކަމަށެވެ. އަދި އެ ނޫން ގޮތެއްގައި ފެނަށް ޖެހިގެންދާ ހާލަތާއި ތޫފާންތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން އެ ސަރަހައްދުގެ ގައުމުތައް ސަލާމަތްވާނެ ގޮތާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، މިހާތަނަށް އެފްރިކާއަށް ކުރިމަތިލާންޖެހިފައިވަނީ ނާއުންމީދާއިކަމަށެވެ. އެހެންނަމަވެސް އަދިވެސް އެ ކަންކަން ފަހިކުރުމަށް ވަގުތު އޮތްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: