ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

22 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ 22 ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި  ރިޕޯޓެއް އެކުލަވާލައި، މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އެހުމަށެވެ. އެގޮތަށް ކޮމިޓީއަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންގެ ޝަރުތު ހަމަވޭތޯ ކޮމިޓީން އެއްކުރި ލިޔުންތަކުން އެންމެ ބޮޑަށް ފާހަގަވީ ދެ ވަޒީރެއްގެ އަތުގެ އެހެން ގައުމެއްގެ ޕާސްޕޯޓު އޮތުމެވެ. ނަމަވެސް އެ ދެ ވަޒީރުންވެސް ވަނީ މަގާމާ ހަވާލުވުމުގެ ކުރިން އެ ގައުމުތަކުގެ ރައްޔިތުކަން ދޫކޮށްލާފައެވެ. އެކަން ޔަގީންކުރަން އެދުމުން ރައީސް އޮފީހުން ވަނީ މަޖިލީހަށް އެކަމާ ގުޅޭ ލިޔުންވެސް ހުށަހަޅާފައެވެ.

ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންގެ ތެރެއިން މީގެ ކުރިން ބޭރު ގައުމެއްގެ ޕާސްޕޯޓު އޮތް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެ ޕާސްޕޯޓު ދޫކޮށްލި ކަމުގެ ލިޔުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަނު ކުރެއްވާފައިވާ މެންބަރުންނާއި، އެބޭފުޅުން ޢައްޔަނު ކުރެއްވި މަގާމުތަކަކީ:

  1. މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން.
  2. މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް އަލްފާޟިލް މޫސާ ޒަމީރު.
  3. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޢަލީ އިޙްސާން.
  4. މިނިސްޓަރ އޮފް ފިނޭންސް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަފީޤް.
  5. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކަމުގެ މަގާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު.
  6. މިނިސްޓަރ އޮފް ހެލްތް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله ޚަލީލް.
  7. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ސަޢީދު.
  8. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް.
  9. އެޓަރނީ ޖެނެރަލް، ކަމުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު އުޝާމް.
  10. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
  11. މިނިސްޓަރ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ފައިޞަލް.
  12. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ޝިހާމް.
  13. މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް ޢަބްދުالله ރާފިޢު.
  14. މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޠާރިޤު އިބްރާހީމް.
  15. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު.
  16. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު އަމީން.
  17. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް.
  18. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ މަރްޔަމް މާރިޔާ.
  19. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް.
  20. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ.
  21. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ވަޙީދު.
  22. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ޝަރީފް.
ވަރަށް ގަދަ
22%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 26%ހައިރާންވެއްޖެ 4%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: