ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު އަތޮޅެއްގެ 45 ރަށަކަށް ކުނި މެނޭޖުކުރާނެ ސާމާނު ފޯރުކޮށްދިނުމަށް އެގްރިމެންޓްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު އަތޮޅެއްގެ 45 ރަށަކަށް ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑިއާ ކުންފުންޏެއް ކަމަށްވާ ‘ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް’ އާއި އެންވަޔަރަންމަންޓް މިނިސްޓްރީން ހަވާލުކޮށް އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.

ނ، ރ، ބ އަދި ޅ އަތޮޅުގެ 45 ރަކަށް މި އިކުއިޕްމެންޓު ފޯރުކޮށްދިނުމަށް މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަލްފާޟިލް ޠާރިޤް އިބްރާހީމްއެވެ. އަދި ‘ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް’ ގެ ފަރާތުން ސޮއިކުރެއްވީ އަލީ ޝިއާން އެވެ.
މި މަސައްކަތަކީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީއިން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 12.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުކެވެ. އެގޮތުން، ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ އިކުއިޕްމަންޓުތަކުގެ ތެރޭގައި މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ސްޓްރެޕިންގ ޓޫލް، ހޭންޑް ޓްރަކް ޓްރޮލީ، ހައިޑްރޯލިކް ހޭންޑް ޕެލެޓް ޓްރަކް ފަދަ ބައެއް އާލާތްތައް ހިމެނެއެވެ.

އަދި މިއީ 4 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާ ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ މި މަޝްރޫއަކީ ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 14ހަފްތާގެ އެޖެންޑާގައި އިސްކަމެއް ދެއްވާފައިވާ ދާއިރާއެއްކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ބައެއްގެ މިންނަތް މަސައްކަތުންކަމަށް ފާހަގަކުރައްވާ، ހުރިހާ ދިވެހި ރައްޔިތުންވެސް އެކަމަށް އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.

މި އިކުއިޕްމަންޓުތައް ފޯރުކޯށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މައިގަނޑުގޮތެއްގައި މިހާރު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް ނޫނީ އަޕްގްރޭޑް ކުރުމުގެ ޢަމަލީ މަސައްކަތް ކުރަމުންދާ ނުވަތަ ޕްރޮކިއުމަންޓް މަރުޙަލާގައިވާ ރަށްތަކެށެވެ. އެހެންކަމުން މިނިސްޓްރީގެ ތަޞައްވަރަކީ މި މަޝްރޫޢުތައް ނިމިގެންދާއިރު، މި ރަށްތަކަކީ ރަށުފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަޟީލަތް މެނޭޖުކުރުމަށް ޤާބިލު ރަށްތަކަކަށް ވެގެންދިއުން ކަމަށް ވިދާޅުވިއެވެ.

އަދި އެއްބަސްވުމުގައި މިއަދު މިސޮއި ކުރެވުނު މަޝްރޫޢުގެ ސަބަބުން، ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީތެރިވެދީ، ގިނަ ޢަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް ރިޑިއުސްކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.

ރަށްރަށުގައި ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތަށްވެސް ހޯދުމުގެ މަސައްކަތް މިނިސްޓްރީންވަނީ ފަށާފައެވެ. އެގޮތުން މިހާރު މިމިނިސްޓްރީން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކަށްވެސް އުޅަނދުތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: