ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

12 އަހަރު ޕީޕީއެމް/ޕީއެންސީއަށް ދެގޮތެއް ނުވެ ހިދުމަތްކޮށްދެއްވި ޝަމްއޫން މަޖިލީހަށް ވާދަކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

12 އަހަރަށްވުރެ ގިނަ ދުވަހު ޕީޕީއެމް/ޕީއެންސީއަށް ދެގޮތެއް ނުވެ ހިދުމަތްކޮށްދެއްވި އަހުމަދު ޝަމްއޫނު މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

2011 ވަނަ އަހަރުން ފެށިގެން ޕީޕީއެމް/ޕީއެންސީ އަށް ޚިދުމަތް ކުރުމުގައި ހުންނެވި ޝަމްއޫނު މަޖިލީހަށް ވާދަ ކުރައްވާއިރު، އޭނާ ރަސްމީކޮށް ޕީއެންސީއަށް ސޮއިކުރީ 29 ޑިސެމްބަރ 2018 ގައެވެ. އެއަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ވަރަށް ގާތުން ޝަމްއޫން ވަނީ މަސައްކަތް ކުރައްވާފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްއިން ކުރި ކެމްޕެއިންގައި ޝަމްއޫން ޖަލްސާއެއްގައި ވާހަކަދައްކަވަނީ.

މިވަގުތު މައްޗަންގޯޅި ކެމްޕެއިން އޮފީސް ހިންގުމާއި ހަވާލުވެ ހުރީ ވެސް ޝައްމޫނެވެ. އަދި އޭނާ ވަނީ މައްޗަގޯޅީގައި ޕީޕީއެމް/ޕީއެންސީއަށް އޮތް ތާއީދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ފާއިތުވެދިޔަ 5 އަހަރު ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮވެ ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތްތަކުގައިވެސް ޝަމްއޫންގެ ހިއްސާ ބޮޑެވެ.

އޭރު އިދިކޮޅުގައި އޮވެ ޕީޕީއެމް/ޕީއެންސީއިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ކެމްޕެއިންގައި ޝަމްއޫން.

މޭޔަރުކަމަށް ރައީސް މުއިއްޒު ވާދަކުރެއްވިއިރު، މައްޗަންގޮޅި މެދު ދާއިރާގެ ކެމްޕޭނުގައި ރައީސް މުޢިއްޒާއި އެންމެ ގާތުން މަސައްކަތްކުރި، އެމަނިކުފާނު އެންމެ އިތުބާރު ކުރާ މީހަކީ އޭނާކަން ޝަމްއޫން ފާހަގަކުރެއެވެ.

ޕީޕީއެމްގެ ރަސްމީ މަގާމެއްގެ ގޮތުގައި އެންމެ ފުރަތަމަ ޝަމްއޫން އަދާކުރީ އިވެންޓްސް ކޮމިޓީގެ ޗެއާރޕާސަންކަމުގެ މަގާމެވެ. އެއަށްފަހު ޕީޕީއެމްގެ އެންމެ ފުރަތަމަ ގޮފި މަތި އަނގޮޅި ގޮފީގެ ރައީސްގެ މަގާމު އަދާކުރިއެވެ.

ޝަމްއޫން ރައިސް މުއިއްޒާއިއެކު.

މަޖީދިއްޔާ ސުކޫލުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޝަމްއޫން ވަނީ ޔުނިވާސިޓީ އޮފް ބިޒްނަސް އެންޑް އިންޓަނޭޝަނަލް ސްޓަޑީސްގައި ކިޔަވާ، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ބެޗަލާސް ހާސިލް ކުރައްވާފައެވެ. އަދި ޝަރީއާ އެންޑް ލޯއިންވެސް ޝަމްއޫނު ވަނީ ބެޗެލާސް ހާސިލް ކުރައްވާފައެވެ.

ޝްމްއޫން ވަނީ ޝަރީއާ އެންޑް ލޯ ބެޗްއިން ބުކް ޕްރައިޒް ފޯ ހައެސްޓް ޖީޕީއޭ ހާސިލު ކުރައްވާފައި

ޓްރާންސް މޯލްޑިވްސް އެއާވޭސްގައިވެސް މަސައްކަތް ކުރައްވާފައިވާ ޝަމްއޫނަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި އާއި މިނިސްޓްރީ އޮފް އެންވައިރޮމެންޓް އެންޑް އެނާޖީގައި ކޯޑިނޭޓަރެއްގެ މަގާމުވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބައެއް އަމިއްލަ ކުންފުނިތަކުގައި ކޮންސަލްޓެންޓެއްގެ މަގާމުވެސް ވަނީ އަދާ ކުރައްވާފައެވެ.

ޝަމްއޫނު ވަނީ ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި

މީގެ އިތުރުންވެސް ޝަމްއޫން ވަނީ އަމިއްލަ އިސްނެގުމުގެ މަތިން ގިނަ ހިދުމަތްތަކެއްކޮށް، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ހާއްސަ ކޮންފަރެސްތަކާއި، ވޯކްޝޮޕްތަކުގައިވެސް ބައިވެރިވެފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލު ކުރެއްވުމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ޝަމްއޫން ވަނީ ކުރައްވާފައެވެ.

ޝަމްއޫނު ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ ސެޓްފިކެޓާއި ހަވާލުވަނީ

ޝަމްއޫން ހާސިލް ކުރައްވާފައިވާ ބައެއް ކާމިޔާބީތައް:

  • ހެލްތް އެންޑް ޓޫރިޒަމް ކޮންފަރެސްގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ ތަމްސީލު ކުރެއްވި.
  • އިންޓަނޭޝަނަލް ޔޫތް ލީޑަރސް ޓްރައިނިން ސަމިޓުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ސްކޯލާޝިޕް ހާސިލް ކުރެއްވި.
  • ރާއްޖޭގެ ފަރާތުން އިންޓަނޭޝަނަލް ޔޫތް ލީޑަރސް ޓްރެއިނިން ސަމިޓްއަށް ވަޑައިގެން ބޭފުޅުންގެ ތެރެއިން އެންމެ އިސްކޮށް ހުންނެވީ ޝަމްއޫން.
  • މިލެނިއަމް ޔޫތް ލީޑާރސް ކޭމްޕްގެ ގަދަ 10 ގައި ހިމެނިވަޑައިގެން. އެ ކޭމްޕްގެ އެންމެ މޮޅު 5 ގައިވެސް ހިމެނުން.
  • ސައުތް އޭޝިއަން ޔޫތް ސަމިޓުގައި ރާއްޖެއަށް އެންމެ މޮޅު ގައުމު ހޯދައިދިނުމުގައި ހިއްސާވި.
  • ޝަރީއާ އެންޑް ލޯ ކިޔެވުމުގައި ދިރިއުޅުމުގެ ކަންތައްތަކާއިއެކު، ކިޔެވުމުގައި ފާހަގަކުރެވޭ ދަރިވަރަކަށް ވާތީ ޝަމްއޫންއަށް ވަނީ ވިލާ ކޮލެޖްގެ ބޫކް ޕްރިޒް ލިބިވަޑައިގެންފަ.
ރިޔާސީ އިންތިހާބު – 2018 ގެ ކެމްޕެއިނުގައި ޝްމްއޫން ރައީސް މުއިއްޒު އާއި އެކު

ޝަމްއޫނު މަޖިލީހަށް ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އޭނާގެ ޝިއާރަކީ “އުންމީދީ ބަދަލަކަށް، ދާއިރާއަށް ބޮޑު އިންގިލާބަކަށް” މިއީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: