ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިން މެރި މައްސަލައެއްގައި އެތައް އަހަރެއް ޖަލުގައި އޮތް އަންހެނަކު މައުސޫމުކަމަށް ނިންމައިފި

ކެތްލީން މިނިވަންވުމަްފަހު ދިން އިންޓަރވިއުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ދަރިން މަރާލިކަމުގެ ތުހުމަތުގައި ޖަލުގައި ހުރި މީހަކު ބަންދުކުރެވިފައިވަނީ ނުހައްގުންކަމަށް ނިންމައި 20 އަހަރަށްފަހު މިނިވަންކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އޮސްޓްރޭލިއާގެ އެންމެ ނުބައި މަންމަ ގެ ގޮތުގައި ކުރިން ނަން ހަރުކުރެވިފައިވާ މީހަކުގެ މައްޗަށް ސާބިތުކުރެވިފައިވާ ދަރިން މެރުމުގެ ދައުވާތައްވަނީ ބާތިލުކޮށްފައެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ހަތަރު ތުއްތު ދަރިން މަރާލިކަމުގެ ދައުވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އެ ދައުވާތައް ބާތިލުކުރީ އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސް ސުޕްރީމް ކޯޓުންކަމަށާއި ނިންމާފައިވަނީ ކެތްލީން ފޯލްބިގް ކިޔާ އެ އަންހެން މީހާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ބޭނުންކުރި ހެކިތަކަށް ބަރޯސާ ނުވެވޭކަމަށްވެސް ބުނެފައިވެއެވެ.

2023ގައި އުމުރުން 56 އަހަރު ފުރިފައިވާ ކެތްލީންގެ މައްޗަށް ކުރެވިފައިވާ ހުރިހާ ދައުވާތައް ބާތިލުކޮށް މައުސޫމުކަމަށް ކަނޑައަޅައި މިނިވަންކޮށްފައިވާނަމަވެސް މިނިވަންކޮށްފައިވަނީ އެ ދައުވާތަކުގައި 20 އަހަރު ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހުކަމަށްވެސް ބުނެފައިވެއެވެ. ކެތްލީން މީޑިއާތަކާއި ހިއްސާކުރިގޮތުން އޭނާ މައުސޫމުކަމަށް ބެލެވޭ ހެކިތައް މީގެ ކުރިންވެސް ފެންނަން ހުރި އިރު ބަލައިގަނެފައިނުވެއެވެ. އަދި ޝަރުއީ ނިޒާމުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށްކަމަށާއި، ބައެއް ފަހަރު ކުދިން އެކި ސަބަބުތަކާއި ގުޅިގެން ނިޔާވާކަަމަށް ގަބޫލުކުރަން ބޭނުން ނުވިކަމަށްވެސް ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން އޭނާ މިނިވަންވުމާއި ގުޅިގެން ނުރުހުންވެސް ފާޅުކުރަމުންދާކަމަށް މީޑިއާތަކުން ބުނެއެވެ. އެގޮތުން މި މައްސަލައިގައި ހަތަރު ދެ އަހަރު ނުފުރޭ ކުދިން ހިމެނޭކަމަށާއި، ކޮންމެ ކުއްޖަކުވެސް ކުއްލި ގޮތަކަށް ނިޔާވިކަަމަށް ބުނެފައިވެއެވެ. މިހާދިސާތައް ހިނގީ 1989 ވަނަ އަހަރާއި 1999 ވަނަ އަހަރާއި ދެމެދުގައިކަމަށްވެސް ބުނެފައިވާއިރު، އޭނާގެ މައްޗަށް ކުރެވުނީ އެ ކުދިން ހާސްކޮށްގެން މަރާލިކަމުގެ ތުހުމަތުކަަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކެތްލީންގެ މައްސަލައާއި ގުޅޭގޮތުން މި އަހަރު ކުރެވުނު ތަހުގީގަކުން ދައްކާގޮތުން، އޭނާއާއިމެދު ކުރެވޭ ތުހުމަތުތަކާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮވެއެވެ. ސަބަބަކީ މަދުން ނޫނީ ނުފެންނަ ޖީން މިއުޓޭޝަންއެއްގެ ސަބަބުން އޭނާގެ ކުދިން ނިޔާވުމުގެ ފުރުސަތު އޮތްކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދެއްކުމުންކަމަށްވެސް މީޑިއާތަކުން ބުނާއިރު، އޭނާ މިިނިވަންވުމަށް ފަހިވެގެންދިޔައީވެސް އެ ހެކިތަކުގެ ސަބަބުންކަމަށް ބުނެފައިވެއެވެ.

ކެތްލީންގެ ވަކިލުންވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށައަޅާނެކަން މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެހެންނަމަވެސް އަދަދެއް ހިއްސާކޮށްފައިނުވާކަަމަށާއި މި މައްސަލައިގެ ސަބަބުން އޮސްޓްރޭލިއާގެ ޝަރުއީ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި އިތުރު މައްސަލަތައް ފާހަަގަކުރެވިފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: