ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެ ކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެރި އެންމެހައި ރައްޔިތުންނަށް ފޮނުވާފައެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު އެސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. 

ހުރަވީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ ތިން ވަނަ ދުވަހުގައެވެ. ހުރަވީ ދުވަސް ފާހަގަ ކުރަމުންދާއިރު، އެބޭފުޅަކަށް މިދުވަސް ނިސްބަތްވަނީ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީއެވެ. އާއްމުނަމުންނަމަ ދޮންބަންޑާރައިންނެވެ.

ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަނުކުރާތާ ގިނަ އަހަރުތަކެއް ފާއިިތުވެފައިވާއިރު، ސަރުކާރުން މިއަހަރު ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ޕްރޮގްރާމްތަކެެއް ރާވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް ހުކުރު ދުވަހު ހަވީރު ވަނީ ބާއްވާފައެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ދިވެހިބަހާއި ޘަޤާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާއިން ބޭއްވުމަށް ހަމަޖެހިފައިވާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: