ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފި

ކުވޭތުގެ އަމީރު ނަވާފް އަލްއަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި، 2023 ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުންނެރުއްވި ދެންނެވުމެއްގައެވެ.

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަޙުދު އައްޝައިޚް މިޝްޢަލް އަލްއަޙްމަދު އަލްޖަބާރުއަށް ތަޢުޒިޔާގެ މެސެޖެއް ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ފޮނުއްވާފައެވެ.

ކުވޭތުގެ ވަލީއަޙްދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަކީ ދުރުވިސްނުން ގެންގުޅުއްވި، ސާބިތުކަމާއެކު އެޤައުމާއި ރައްޔިތުންގެ ޙައްޤުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި އޯގާތެރި ޚިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި، އެ މަނިކުފާނުގެ ޚިދުމަތުގެ ފޮނި މާޒީ ކުވޭތުގެ ކުރިއެރުމާއެކުއެކީގައި ހަނދުމައައުކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަކީ ދެގައުމުގެ މެދުގައި އޮތް އިތުބާރާއި އިޙްތިރާމާއި ސުލްޙައާއި ތަމައްދުންގެ މައްޗަށް އެކުލެވިފައިވާ ވަރަށް އަޚްވަންތަ ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުވެސް، ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ފުން ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

އުމުރުން 86 އަހަރުގައި ޝެއިފް ނަވާފު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމަޖެންސީގައި ނަވާފަށް ފަރުވާދެއްވި ނަމަވެސް ސީދާ ސަބަބެއް ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: