ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބެން ޖެހި ނުލިބޭ 0.5 ބިލިއަން ރުފިޔާ އެބަ ހުރި: ސްޓެލްކޯގެ އެމްޑީ

ސްޓެލްކޯގެ އެމްޑީ ފަހުމީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިބެންޖެހި ނުލިބިފައި ހުރި 0.5 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށް ފަހު ޕްރްގްރާމްގައި ފަހުމީވަނީ ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކާއި ގުޅޭގޮތުންނާއި ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. ފަހުމީ ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ރައީސަކުވެސް ކަރަންޓުގެ އަގު ހެޔޮ ކުރުމަށް މަސައްކަތްތައް ކުރެއްވިކަމަށެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ ސްޓެލްކޯއަށް ފައިދާ ވުމުންކަަމަށާއި އެފަދަ އަމާޒަކަށް ވާސިލުވެވޭނީ ސްޓެލްކޯ މިހާރަށްވުރެވެސް ހަރަދުނާ ގޮތެއްގެ މައްޗަށް ހިންގައިގެންކަަމަށް ހިއްސާކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ، ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް އިންތިހާއަށް ކުޑަވެއްޖެ ހާލަތެއްގައިވެސް ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، ހެޔޮ އަގެއްގައި ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ލިބުމުން ކުންފުނީގެ ހަރަދުތައް ކުޑަވެގެންދާނެކަަމަށާއި ދެން އޮތް ގޮތަކީ ދައުލަތުން ސަބްސިޑައިޒްކުރުންކަަމަށް ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ، މިހާރުވެސް އެގޮތުގެ މަތިން ސަރުކާރުން އަމަލުކުރަމުންދާކަމަށޭވެ.

ފަހުމީ ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް ކަރަންޓުގެ ހިދުމަތްތައް ދެމުންދަނީ ކޮންމެވެސް ވަރެއްގެ ސަބްސިޑީއެއް ދީގެންކަމަށެވެ. އެހެންނަމަވެސް ސްޓެލްކޯއަށް މިވަގުތު ސަރުކާރުން ޑައިރެކްޓް ސަބްސިޑީއެއް ނުލިބޭކަމަށާއި ސަބްސިޑީ ދެނީ ޑީސެލްއަށްކަމަށްވުމުން އެއީ އެސްޓީއޯއަށް ދޭ ފައިސާކަން އޭނާ ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ 12 ވަރަކަށާް އަހަރު ފިނޭންސް މިނިސްޓްރީއިން ސްޓެލްކޯގެ ދަރަނިތައް ނުދައްކާކަަމަށް ވިދާޅުނުވާކަަމަށެވެ. އޭނާ ވިދާޅުވީ އާންމު ގޮތެއްގައި ސްޓެލްކޯގެ ކޭޝް ފްލޯ ހަމަޖައްސަނީ ފިނޭންސްއިންކަމަށެވެ. ފަހުމީ ވިދާޅުވީ، ޕްރޮފިޓްވާ ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓްކުރިނަމަވެސް މައްސަލައަކީ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުންކަމަށެވެ. އެގޮތުން 0.5 ބިލިއަނަށްވުރެ އިތުރު އަދަދެއްގެ ފައިސާ ލިބެން ޖެހި ނުލިބި ހުރިކަން އޭނާ ހިއްސާކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ، އެއީ ކަރަންޓު ބިލުތަކަށް ލިބެންޖެހޭ ފައިސާކަަމަށާއި އެހެންކަމުން ފިނޭންސްއިން ގިނަ ފަހަރުތަކެއްގެ މަތިން ލޯނުގެ އިތުރުން އިންޓްރެސްޓަށްވާ ފައިސާވެސް ދައްކައިދީފައިވާކަަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްޓެލްކޯއިން އަމިއްލައަށްވެސް އެ ފައިސާ ދައްކާފައިވާ ފަހަރުތައް ހުރިކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު މަސް ދުވަހު ދަރަނި ދެއްކީ ސްޓެލްކޯއިންކަަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރުވެސް ސްޓެލްކޯއަށް މާލީ ދަތިތައް ކުރިމަތިވެފައިވާކަަމަށާއި، އެހެންމަވެސް ކޭޝްފްލޯގެ މައްސަލަ ހައްލުކޮށްގެން ކުންފުނި އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެމަަށް ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާގޮތުން ދިވެހިރާއްޖޭގައި ކަރަންޓުގެ އަގުހެޔޮ ކުރެވޭނީ އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރަން ފަށައިގެންކަަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރެވޭނީ ސޯލާ ޕެނަލްތައް ބޭނުންކޮށްގެންކަަމަށެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި އެ މަސައްކަތްތައް ކުރުމަށް މާ ބޮޑު ޖާގައެއް ނެތްކަަމަށާއި ސަބަބަކީ މޫދު ނުވަތަ ކަނޑުގައި ޕެނަލްތައް ބަހައްޓަންޖެހުންކަަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެއީ ބޮޑު އިންވެސްޓްމެންޓެއްކަމަށާއި ގަދަ ކަނޑެއްގައި އެފަދަ ޕްރޮޖެކްޓެއް ޓެސްޓުކުރެވިފައިނުވާކަަމަށެވެ. އޭނާ ވިދާޅުވީ، ސޯލާ ޕެނަލްގެ ޒަރިއްޔާއިން ހަކަތަ އުފައްދާ ބައެއް ގައުމުތަކުގައި އެތަކެތި ހަރުކުރަނީ ކޯރުތަކުގައިކަމަށެވެ. އެހެންނަަމަވެސް ސްޓެލްކޯގެ ހިދުމަތްތައް ދެމުންދާ 30 ރަށް އޮތް އިރު އެ ރަށްތަކުގައި އެ މަސައްކަތްތައް ކުރެވިދާނެކަމަށް ގަބޫލުކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ކުޑަމިނުން ދުވާލުގެ ބާރަ ގަޑިއިރު ސޯލާ ޕެނަލް މެދުވެރިކޮށް ކަރަންޓު ދެވޭނެކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: