ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ސަބަބަކަށް މަޖިލިހުގެ އުސޫލު ބަދަލު ކުރުމަކީ ދެރަ ކަމެއް: ބަންޑާރަ ނައިބު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ސަބަބުތަކަށްޓަކައި ރައްޔިތުން މަޖިލީހުން އަމަލުކުރަމުން އައި އުސޫލުތައް ބަދަލުކުރުމަކީ ދެރަކަމެއް ކަަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާގައި ހިމެނުމަށް ފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާލުމާއި ގުޅިގެން “އެކްސްގަ”އި ކުރެއްވި ޕޯސްޓެއްގައެވެ.

އުޝާމް ވިދާޅުވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމާ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުން މިއީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ.

“މީގެ ކުރިން މަޖިލީހުން އަމަލުކޮށްފައިވަނީވެސް އެގޮތަށް. 2018 ވަނަ އަހަރު ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާފައިވަނީ 22 ނޮވެމްބަރ 2018 ގަ. މަޖިލީހުން ރުހުން ދީފައިވަނީ 4 ޑިސެމްބަރުގައި. އެފަހަރު މެންޑޭޓް ފާސްކުރުމަށް ހުށަހެޅީ ވަޒީރުންނަށް ރުހުންލިބުނު ފަހުން 13 ޑިސެމްބަރ 2018 ގަ.” އުޝާމް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް އެޖެންޑާ ކުރުމުން މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައިފައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ނިޒާމީ މައްސަލައެއް ނެންގެވުމަށްފަހު ވިދާޅުވީ މިމައްސަލަ އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ގަވައިދުގެ 200 ވަނަ މާއްދާއާ ޚިލާފަށް އޮތް ރިޕޯޓެއް ކަމަށާއި އެ މާއްދާތަކުގައި ހިމެނިފައިނުވާ ރިޕޯޓެއް ކަމަށްވާތީ އެ މައްސަލައަށް ވޯޓަށް އެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އަދި ހަމައެއާއެކު ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އަދި 200 ވަނަ މާއްދާގެ (އ) އަށް ބަލާއިރު ސަރުކާރުން އުފައްދަން ބޭނުންވާ މިނިސްޓްރީ ތަކާއި ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސައްކަތް އެއީ މަޖިލީހުން ފާސްކުރުމަށް ރައީސް މަޖިލީހަށް ހުށަހަޅަން ޖެހޭނެ މަސައްކަތްތަކެއް ނޫން ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.

އަދި ކެބިނެޓް އެކުލަވާލިތާ 30 ދުވަސްވެފައިވާއިރު މަޖިލީހަށް މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މެންޑޭޓް ދިރާސާ ނުކޮށް ވަޒީރުންނަށް ރުހުން މިދެނީ ކޮން މަސްއޫލިއްޔަތްތަކެއް އަދާކުރުމަށް ކަމެއް ރިޕޯޓުން ސާފު ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ.

މި ނިޒާމީ މައްސަލަ ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރެއްވުމަށްފަހު ދެން އަމަލުކުރާނެ ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ.

އެ މައްސަލަ އަލުން ކޮމެޓީއަށް ފޮނުވުމަށް ކަނޑައަޅައި މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލެވުނެވެ. އަދި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ އެ މައްސަލަ މަޖިލިހުގެ ކޮމިޓީ އަށް ފޮނުވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: