ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭ ދެ ބިލު ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ދެ ބިލެއްގެ މަސައްކަތް އަވަސްކޮށްދިނުމަށް ހުށާހަޅާފައިވާ ބިލު މިއަދު ފާސްކޮށްފިއެވެ.

މި ބިލަކީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. އެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ އިބްތިދާއީ ބަހުސް މަޖިލީހުގައި ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުށާހަޅާފައިވާއިރު، އޮކިއުޕޭޝަނަލް ސޭފްޓީ ބިލް މަޖިލީހަށް ހުށާހަޅާފައިވަނީ ނޮވެމްބަރު މަހުގައެވެ.

އެ ބިލުގައި ވަނީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރާނެ ގޮތްތައް ކަނޑައަޅާފަ އެވެ. އަދި މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ނިޒާމެއް އެކަށައެޅުން ވެސް އެ ބިލުގައި ވެއެވެ.

އޮކިއުލޭޝަނަލް ބިލުގައިވާ ގޮތުން މަސައްކަތުގެ މާހައުލަކީ މަސައްކަތް ކުރާ ފަރާތްތަކާއި އެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުުމަށް ބޭނުންވާ އަސާސީ އުސޫލުތައް ކަނޑައެޅުން އެ ބިލުގައި ވެއެވެ. އަދި މަސައްކަތު މާހައުލުން ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް، މައްސަލަ ބަލައި ފިޔަވަޅު އެޅޭނެ/ބަދަލުދެވޭނެ ނިޒާމެއް ގާއިމްކުރުން ވެސް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: