ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައިސް އާއި ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލިހުގެ ގަވައިދު އިސްލާހުކޮށްފި

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލިހުގެ ގަވައިދު އިސްލާހުކޮށްފިއެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާ އިސްލާހު ކުރަން ކޮމިޓީން ހުށަހެޅުމުން މިއަދުގެ ޖަލްސާގައި 44 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި އެއް މެންބަރަކު ވޯޓު ނުދެއްވައެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގައެވެ. އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށެވެ. އެކަމަކު، ޝިފާއުގެ ވާހަކައާ މެދު ބައެއް މެމްބަރުން ކަންބޮޑުވެވަޑައިގަންނަވައެވެ.

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް އާއި ނައިބު ވަކިކުރަން އުޅޭއިރު ސަރުކާރުގެ ކެބިނެޓަށް ރުހުން ވެސް ދީފައި ނުވާ ކަމަށާއި މިނިސްޓްރީތަކުގެ މެންޑޭޓު ވެސް ކަނޑައަޅާފައި ނެތް ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން، ރައީސް ވަކި ކުރަން އުޅުމަކީ ހުތުރު ކަމެއް ކަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓާލަން ވެސް ގާސިމް ވަނީ ގޮވާލައްވައިފައެވެ.

މި އިސްލާހުގައި ވާގޮތުން އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވިދާނެ ކަމަށް ބައެއް ބޭފުޅުން ގަބޫލު ކުރައްވައެވެ. އެމްޑީޕީ މަޖިލިސް މެންބަރުންގެ އަދަދަކީ 56 އެވެ. އެކަމަކު، އެކަމާ ހިޔާލު ތަފާތުވާ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، ގާނޫނުއަސާސީ އިސްލާހު ނުކޮށް، ރައީސް އާއި ނައިބު ރައީސް މަގާމުން ދުރު ކުރުމާ މެދުގައި ވޯޓަށް ނޭހޭނެއެވެ. އެފަދަ ކަމަކަށް ވޯޓަށް އަހާ ނަމަ، އެއީ ގާނޫނުއަސާސީއާ ހިލާފު ނިންމުމަކަށްވާނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: