ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ގަވައިދަށް 5 ވަނަ އިސްލާހު ގެނެސްފި

ފޮޓޯ: އީޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދަށް 5 ވަނަ އިސްލާހު އެންވައިރޮމެންޓު ޕްރޮޓެކްޝަން އެޖެންސީއިން ގެނެސްފިއެވެ.

އެ ގަވައިދަށް ވަނީ ޖަދުވަލު 6 އިތުރުކޮށް ވެލަޔާއި ކަނހަބާއި، މަޑީގެ އާއިލާގެ ހުރިހާ ދިރުމަކާއި، ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތަކާއި، އަދި ކަންޒު ކަހަނބާއި އެސޮރުމެންގެ މާހައުލުތައް ރައްކާތެރިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައްވަނީ އެކުލަވާލައިފައެވެ.

ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް ރައްކާތެރިވުމާއި އެސޮރުމެން އުޅޭ މާހައުލު ރައްކާތެރި ތަނެއްގެ ގޮތުގައި ބަލެހެއްޓުމަށް އަމަލުކުރަން ޖެހޭ ވަކި ހާއްސަ ގޮތްތަކެއް އެ ގަވާއިދުގައި ވަނީ ހިމަނާފައެވެ. އެހެންކަމުން ވަކި ދިރޭ ތަކެއްޗެއް އުޅޭ ސަރައްދުގައި ވަކި މިންވަރެއްގެ ދުރުމިނެއް ބެހެއްޓުމާއި އަދި އެސޮރުމެން ބިސް އަޅާ ސަރަހައްދަށް ގޮސް ވަކި ދުރުމިނެއްގައި ހުރުމަށް އެގަވައިދުގައި ވެއެވެ.

އެ އެންޖެންސީއިން މައުލޫމާތު ދިން ގޮތުގައި ދިރޭ ތަކެތީގައި އަތްލުމުގެ ހުއްދަ ދީފައިވަނީ ވަކި ހާއްސަ ފަރާތްތަކަށް ކަމަށާއި އަދި އެނޫން ފަރާތްތަކަށް ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގައި އަތްލެވޭނީ ވަކި ހާއްސަ ހާލަތްތަކެއްގައި ކަމަށްވެސް ވަނީ މައުލޫމާލު ދީފައެވެ. އެ ހާލަތްތަކުގެ ތެރޭގައި ދިރޭ އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން އެޖެންސީއަށް އެންގުމަށް ފަހު އެ ދިރޭ އެއްޗަކަށް އެހީތެރިވެދިނުމަށް އަތްލުން އިސްތިސްނާ ވާނެ ކަމަށް އެޖެންސީއިން މައުލޫމާތު ދީފައިވެއެވެ.

އެންވައިރޮމެންޓު ޕްރޮޓެކްޝަން އެޖެންސީއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ އެޖެންސީއަށް އެފަދަ މައްސަލައެއް ރިޕޯޓް ކުރަން ވާނެ ކަމަށާއި އަދި އެފަދަ މައްސަލައެއް ރިޕޯޓް ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް އެޖެންސީއިން ހުއްދަ ދީފައިވާ ފަރާތަކުން އެޓެންޑު ވާނެ ކަމަށް ވަނީ ބުނެފައެވެ.

އެ އެޖެންސީއިން ބުނެފައިވަނީ އެފަދަ މައްސަލަތައް ދިމާވުމުން ވީހާވެސް އަވަހަށް އެ އެޖެންސީއަށް އެ މައުލޫމާތު ހިއްސާ ކުރަންވާނެ ކަމަށެވެ. އަދި އެ އެޖެންސީގެ ވެބްސައިޓު https://epa.gov.mv/regulations?page=1 ގައި ރާއްޖެގައި ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި މެދު އަމަލު ކުރަންވީ ގޮތުގެ މައުލޫމާތު ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: