ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް ކުރިއެރުމެއް ނުލިބޭ، އިމާރާތްތައް ހުރީ ބާވެފައި: މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ދުވަސްތަކުގައި ލޯކަލް ކައުންސިލްތަކުގެ އުމްރާނީ ތަރައްގީ އަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ކައުންސިލްގެ އިމާރާތްތައް ވެސް ހުރީ ބާވެ ބޮލަށް ވެއްޓޭ ވަރުވެފައި ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިނިސްޓްރީން ކުރި ދަތުރުގައި ފެނިގެން ދިޔައީ ލޯކަލް ކައުންސިލްގެ ޝަކުތާއް ކަމަށާއި އެތަންތަނުގެ އުމްރާނީ ތަރައްގީ އަށް އެއްވެސް ކުރިއެރުމެއް ފާއިތުވީ ދުވަސްތަކުގައި އައިސްފައި ނުވާ ކަމަށެވެ.

އެގޮތުން ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް ބަޖެޓް ދީގެންވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި ދަތުރުތަކުގައި ލިބުނު ޝަކުވާތަކަށް ހައްލެއް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

“ހުރިހާ ކައުންސިލްތަކަށް ދަންނަވަން ބޭނުން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ސަރުކާރުގަ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އެންމެ މުހިންމު ކަމެއްގެ ގޮތުގަ އަޅުގަނޑުމެން ހުށަހަޅާނަން ކައުންސިލްތަކުގެ އިދާރާތައް ރަނގަޅު ކުރުމާއި ހަރުދަނާ ކުރުމުގެ މަސައްކަތް،” އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރަކުން ކައުންސިލްތަކުގެ އުމްރާނީ ތަރައްގީ އަށް މަސައްކަތްކޮށްފައި ނުވެއެވެ. އެހެންވުމުގެ ސަބަބުން އެ އިމާރާތްތައް މިއަދު އެވަނީ ބޮލަށް ވެއްޓޭ ވަރަށް ބައުވެފައިކަން އާދަމް ޝަރީފް ފާހަގަކޮށްލިއެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ނެތުމަކީވެސް ކައުންސިލްތަކުގެ ބޮޑު ކަންބޮޑުވުމެއް ކަންވެސް ފާހަގަކުރެއްވިއެވެ. އެކަން ސީދާ ކައުންސިލަރުން ވެސް ހުށަހަޅުއްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: