ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ކޮމިޓީ ސިއްރު!

ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި މިއަދަށް ތާވަލު ކުރި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން މީޑިއާތަކަށް ސިއްރުކޮށްފި އެވެ.

މެންދުރުގެ 13:00 ގައި ކޮމިޓީގެ ބައްދަލުވުން އޮންނާނެކަން، މީޑިއާތަކަށް އެންގުމަށް ފަހު ފަހުން މަޖިލީހުގެ އިދާރާއިން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ސިއްރުން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަނީ ޝިފާއު އެވެ. އަދި ސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކަކީ އޮޅުވާލުންތަކެއްކަމަށާއި، ކެބިނެޓަށް ވެސް ރުހުން ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެ އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕަށް ހުށަހަޅާނެކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން އެހެން މެމްބަރުން ވެސް ވަނީ، އިންޑިއާގެ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލައިގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން ކޮމިޓީން ތައްޔާރުކޮށް ފޮނުވި ރިޕޯޓަށް ބަހުސް ކުރެއްވުމުގެ މަރުހަލާގައި ވުޒާރާތަކުގެ މެންޑޭޓު ފޮނުވާފައި ނުވާތީ، އެ މައްސަލަ އަނބުރާ ފޮނުވާލުމަށް ފަހު ޝިފާއު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް ހުށަހަޅާނެކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތަށް ޝިފާއު ވާހަކަ ދައްކަވާފައި ވަނިކޮށް، އޭނާއަށް މަރުގެ އިންޒާރު ދިންކަމަށް ބުނެ މައްސަލަ ފުލުހަށް މަޖިލީހުގެ އިދާރާއިން ވަނީ ހުށަހަލާފަ އެވެ. މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ޝިފާއުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން އެދިފައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އަށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން މިއަދު ބާއްވަން ތާވަލް ކުރި މަޖިލިހުގެ އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްފިއެވެ.

މަޖިލިހުގެ އިމްތިޔާޒް އާއި ސުލޫކް ކޮމިޓީގެ ބައްދަލުވުން މިއަދު ފަށަން އޮތީ މެންދުރު ފަހު އެކެއް ޖަހާ އިރުއެވެ. އެ ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ޝިފާއު އަށް އިންޒާރުދީ މީސް މީޑިއާގައި ޕޯސްޓްކޮށްފައިވާތީ އެ މައްސަލައާ މެދުގައި މަޝްވަރާ ކުރުމެވެ.

މި މައްސަލައިގައި އެމްޑީޕީން ވެސް ބަޔާނެއް އާންމު ކުރި އެވެ. ޕާޓީން ބުނެފައި ވަނީ ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް އެ މެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި މަޖިލީހުގައި ކުރައްވާ މަސައްކަތެއްގެ ސަބަބުން މަރުގެ އިންޒާރު ދިނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އެމްޑީޕީން ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންނަކީ ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ބައެއްކަމަށެވެ. އަދި މަޖިލީހުގެ އެންމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ސަލާމަތީ ހިދުމަތްތަކަށް ގޮވާލާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: