ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭހިޔާ، ސިނަމާލެ ފްލެޓްތައް އަލުން ބިނާކޮށްދިނުމުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ފެށޭނެ: ރައީސް

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ، ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ހަލާކުވަމުންދާތީ، އެކަމަށް ހައްލު ހޯދުމުގެ ގޮތުން، އެތަނުގައި ދިރިއުޅެމުން ދާ ރައްޔިތުންނަށް، މާލީ އެއްވެސް ތަކުލީފެއް، ނުޖައްސައި އެ އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ކަންގަތި އެވޯޑް 2023“ ދިނުމުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މާލެ، ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާ ދިޔުމަކީ، އެމަނިކުފާނު ވަރަށް ކަންބޮޑުވާ މައްސަލައެއްކަމުގައެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި، ފަސޭހަތަކަކާއެކު، އެ އިމާރާތްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި މި ސަރުކާރުން، ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ގާތުގައި ސަލާންޖަހަން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ތިބިތިބުމަށް ނިމުމެއް ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ހަފުލާގައި މި ސަރުކާރުން ގެންގުޅުއްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވިއެވެ. އެގޮތުން ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: