މާފުށި ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލުތަކެއް ފަށާފައިވާކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ރިޕޯޓު ނަމަވެސް ބަންދުގައި ތިބި މީހުން ހަމައެކަނި ނުކަނީ ޖަލު ކޮއްތުކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ،
ޖަލުގައި ގައިދީންނަށް ލިބިގެންވާ ހައްގުތައް ކަށަވަރު ނުކުރެވުމާއި، އޮފިސަރުންނާއި މެދު ހިތްހަމަނުޖެހި ދޭތެރެއަކުން ހަޅުތާލުތައް ހިނގަ އެވެ. އަދި ޖަލުގައި ބަންދުގައި ތިބޭ ކުށްވެރިންނަށް ނުވަތަ ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް އަނިޔާ ކުރާކަމުގެ ޝަކުވާތައް ވެސް ފެންމަތިވެ އެވެ.
ހަޅުތާލު ކުރަމުން ދަނީ، މާފުށި ޔުނިޓު 10 ގައި ތިބި ގައިދީންނެވެ. ގައިދީން މިވަގުތު ހަޅުތާލެއް ކުރަމުން ދަނީ ގައިދީންނަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ބޭރަށް ނިކުތުމުގެ ފުރުސަތު ނުދިނުމާއި، އުސޫލާއި ހިލާފަށް އެކަހެރިކޮށް ބައިތިއްބާފައި ތިބޭ މައްސަލައިގަ އެވެ. ބަޔާނުގައި ވަނީ ގައިދީންތައް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައި ކުރިޔަށް ގެންދާތާ ތިން ދުވަސްވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ކަރެކްޝަނާއި ސުވާލު ކުރުމުން ބުނީ މާފުށި ޖަލުގައި ތިބި ގައިދީން ޖަލުން ދޭ ކާނާ ނުކެއި ނަމަވެސް އެ މީހުންނަށް ހާއްސަކޮށްފައިވާ ފިހާރައިން ކާބޯތަކެތީ ގަނެ ވިޔަފާރި ކުރާކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާފުށި ޖަލުގެ ޔުނިޓު ދިހައެއްގައި ދިބީ ފަސް ގައިދީންނެވެ. އެ ތަނުގައި ބަންދުގައި ތިބެނީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ.


One Response
މަހާތު މެން ފިނި ކޮޓަރީގަ ތިބެ ތިގޮތަށް ބޭނުން ހެޑްލައިނެއް ޖަހާފަ ޚަބަރު ލިޔުނަސް ޖަލު ބަންދަށް ދިޔައީމަ އެނގޭނީ އަދި އެވެސް އެއްވެސް ހެއްކެއް ނެތް މައްސަލައެއްގަ ނުހާއްގުން. ޔަޤީން ކުރު ފިލްމު ނެރޭނެ ސިލްވާރ ސްކްރީނަށް ަ“އެއަނިޔާ“ ކިޔާފަ
އެންމެ ފަހުން ބޮޑެތި ކުށްކޮށްގެން ދެދުވަހަށް ޖަލަށްލީ ސިޔާސީންނާށް ކެތްވިތަ؟