ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ ސެގްމެންޓު ނިންމާލުން: މިނިސްޓަރ

މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ ތާރުއަޅައި ނުނިމި ހުރި ސެގްމެންޓުގެ މަސައްކަތް ނިންމާލައި ބޭނުން ކުރަން ފެށުމުންކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އަމީނީ މަގުގެ ސެގްމެންޓުގެ މަސައްކަތް މި މަހުގެ ކުރީކޮޅު ފެށއިރު، މީގެ ކުރިން ކުރިޔަށް ގެންދިޔަ ސެގްމެންޓުތަކުގެ ދަށުން ޕްރޮޖެކްޓު ކުރިޔަށް ގެންދެވިފައި ވަނީ އިއްޒުއްދީން މަގާއި ހަމައަށެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، މަސައްކަތް ފެށިއިރު އާރުޑީސީން ބުނީ އަމާޒަކީ 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އާރުޑީސީން މައުލޫމާތު ދިންގޮތުގައި، ފެންހިންދާ ނިޒާމަށް ބޭނުންވާ ޓޭންކުތަކާއި ހޮޅީގެ ވިއުގަ އެޅުމިގެ މަސައްކަތުގެ އިތުރުން ނަރުދަމާގެ މަސައްކަތެވެ.

މިއާއިއެކު އެމްޑަބްލިއުއެސްސީގެ ފެންހޮޅި ޓެސްޓު ކުރުމާއި ގުޅޭ މަސައްކަތްތައް ވެސް ކުރިޔަށްދާކަމަށް އާރުޑީސީން މައުލޫމާތު ދިނެވެ.

މި މަސައްކަތް ކުރިޔަށް ދާގޮތް ބެއްލެވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އަމީނީ މަގުގެ ޕްރޮޖެކްޓުގެ މިހާރު ކުރިޔަށް ދަނީ ބަސް ރޫޓެއްގައިކަމަށްވުމާއި އެކު މަގު ނިމިގެންދާއިރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: