ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫކޭ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރަނީ!

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނެޖިން ޑިރެކްޓަރު މޫސާ އަލިމަނިކު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މޫސާ އަލިމަނިކު (މޫކޭ) ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެކަން އިއުލާނުކޮށްފި އެވެ.

ރައީސް ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު ދެމެދު ސިޔާސީ ގޮތުން މައްސަލަތައް ޖެހި އެމްޑީޕީ ދެބައިވެގެން ދިޔައިރު މޫކޭއަކީ ރައީސް ނަޝީދާއި ދެކޮޅަށް ފާޅުގައި ނިކުމެ އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި މެމްބަރެވެ. އަދި ރައީސް ސޯލިހުގެ ދިފާއު ކުރުމާއި ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައި އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

މަޖިލީހަށް ވާދަކުރެއްވުމަށް ނިންމައި، މޫކޭ ވިދާޅުވީ އޭނާ ނިކުންނަނީ ހުޅުމާލެ އުތުރު ދާއިރާއަށް ކަމަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހި ދާއިރާއެވެ.

މޫކޭ ވިދާޅުވީ ބޭނުން ވަނީ ރައްޔިތުންގެ އަޑުއިއްވަންކަމަށާއި، ފޭސް ދޭއްއަށް ދިރުން ގެނެސްދޭ މީހަކަށް ވާނީ އޭނާ ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ހޯދައިދިނުމަށް ބިރެއް، އިމެއް ނެތި ވަކާލާތު ކުރުމާއި މާލެ ދަފްތަރަކީ މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލައިގަންނާނެކަމަށް ވިދާޅުވި އެވެ.

އެގޮތުން ދަފްތަރަށް ގާނޫނީ ފަރުވާއިން، ދާއިމީ ހައްލެއް ގެނެސްދޭނެކަމުގެ ވައުދާއި އެކު މޫކޭ ވިދާޅުވީ ދާއިރާގެ ހުރިހާ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށެވެ.

މޫކޭ ވަނީ 19 ވަނަ މަޖިލީހުގެ ޓިކެޓު ހޯދުމަށް އެމްޑީޕީގެ ޕްރައިމެރީގެ މަޑުއްވަރީ ދާއިރާއަށް ވެސް ވާދަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އާރުޑީސީ އާ ފެނެކަ ކުންފުނީގެ ކުރީގެ މެނޭޖިންގ ދިރެކްޓަރުން ވެސް މަޖިލީހައް ކުރިމަތިލަނީދޯ އެންމެ ގިނަވައްކަންހިގި ކުންފުނި އާރުޑީސީއަކީ ހުޅުމާލެ އުތުރުދާއިރާގެ ވޯޓެއް މޫކޭއަކަށް ނުލިބޭނެ ދެންހުރީ ފެނަކަ ސައިދު މިހާރު ކިޔާގޮތުންނަމަ މައިފޫނާ ސައީދު ގައްދޫ ދާއިރާއަށް ލައިގެން އުޅެނީ އޭނަޔަށް ގައްދޫގެ ތާއީދެއްނުލިބޭނެ ގައްދޫގެ ވޯޓްހައްގުވާ މީހުންގެ 6ބައިކުޅަ1 ބައިވެސް އޭނަޔަށްނާޅާނެ އެމީހުން ބުނަނީ އެބޭނުމުގަޔޭ ތިމަންނަމެނަށް ވަޒީފާދީގެން އުޅުނީ

  2. މޫކޭ ކުރިމަތިލާން އެެއްމެ އެކަށީގެންވަނީ ހަމަ އަމީނީމަގައް. މޫކޭ ލަދެއްނުގަނޭތަ ހުޅުމާލެ ފޭސް2އަށް ކުރިމަތިލާން މީހުން ބުނަނީ މޫކޭދަވާލި 3 ތިޖޫރިން މޫކޭ މުޅިން މުއްސަދިވެއްޖެކަމަށް އެހެންވީމަ މޫކޭ މަޖިލީހައްކުރިމަތިލާން ނުޖެހޭބެކަމައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: