ދުވަސްވެ ހަލާކުވުމުގެ ސަބަބުން އައިސް ނުލިބި މަސްވެރިންގެ ބޮޑެތި ޝަކުވާތަކެއް ހުރި ގއ. ދެއްވަދޫ އައިސްޕްލާންޓު މަރާމާތުކޮށް ހިދުމަތަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ކޮންމެ ހަފްތާ ބަންދެއްގައި ވެސް ސަރުކާރު ވަޒީރުން ގެންދަވަނީ، އަތޮޅުތެރެއަށް ދަތުރުކުރައްވައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވައި އެކަމަށް ހައްލު ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. އެއަށް ފަހު އާންމުންގެ ފަރާތުން އައި ހުށަހެޅުންތައް އާދީއްތަ ދުވަހު އޮންނަ ކެބިނެޓު ބައްދަލުވުމަށް ހުށަހަޅައި، އެކަމަށް މަޝްވަރާ ކުރެވޭނެ އެވެ.
ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނާއި ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ. އަދި މަސްވެރި ފެސިލިޓީތަކަށް ވެސް ޒިޔާރަތް ކުރައްވައި، ތަނުގެ ހާލަތު ބައްލަވާލެއްވި އެވެ.
ޚިދުމަތް ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ގއ. ދެއްވަދޫ އައިސްޕްލާންޓު މަރާމާތުކޮށް މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ވަޒީރު އަޙްމަދު ޝިޔާމް ވަނީ ކޫއްޑޫގެ އިސްބޭފުޅުންނާއި މަޝްވަރާ ކޮށްފައި. pic.twitter.com/PQbp7Jut9T
— Ministry of Fisheries and Ocean Resources (@MFORmv) December 23, 2023
ޝިޔާމް ވަނީ ހިދުމަތް ނުދެވި، އަހަރަކަށް ވުރެ ގިނަދުވަސްވެފައިވާ ދެއްވަދޫގެ އައިސްޕްލާންޓު މަރާމާތުކޮށް މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިނިސްޓަރ ވަނީ މި ފެށޭ ހަފްތާގެ ތެރޭގައި ޓެކްނިޝަނުންގެ ޓީމަކުން ދެއްވަދޫ އައިސްޕްލާންޓު މަރާމާތުކޮށް އޮޕަރޭޝަނަށް ގެނެވޭނެކަމަށް ވިދާޅުވެފަ އެވެ.

