ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖްކުރުމަކީ އަޅައިނުލެވި އޮތް ކަމެއް: މިނިސްޓަރ ތޯރިގް

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ކުނި މެނޭޖްކުރުމަކީ އަޅާނުލެވިފައިވާ ކަމެއްކަމަށާއި އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުންނެވީ އެ މައްސަލަތަކަށް ސްޓްރެޓީޖިކަލީ ހައްލު ހޯދައިދިނުމަށްކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ތޯރިގް މިހެން ވިދާޅުވީ ދ އަތޮޅަށް ހަފްތާ ބަންދުގެ ތެރޭގައި ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. މިދަތުރުފުޅުގައި މިނިސްޓްރީގެ އިސް ވަފުދެއްވަނީ ދ.ކުޑަހުވަދޫ، ދ.ހުޅުދެލި، ދ.ރިނބުދޫ، ދ.މީދޫ، ދ.ބަނޑިދޫ އަދި ދ.މާއެނބޫދޫއަށް ޒިޔާރާތްކުރައްވާފައެވެ. އެގޮތުން އެރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިދަތުރުގެ މުހިންމުކަން އެނގިވަޑައިގަތީ ދ އަތޮޅުގެ ގިނަ ރަށްރަށުގައި ކުނިމެނޭޖްކުރުމުގެ ގޮތްތައް މިހާތަނަށް ނެތުމުން ކަމަށެވެ. އަދި ކުނިމެނޭޖްކުރެވޭނެ ގޮތްތައް ހަދައިދިނުމަށް އެބޭފުޅުން އެދިވަޑައިގެންނެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިމައްސަލަތަކަށް އެކަށީގެންވާ ގައްލުތަކެއް ހޯދުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް މިނިސްޓަރ ތޯރިގް ފާހަގަކުރެއްވިއެވެ.

ދަތުރުގެ ރިޕޯޓް ހަފްތާ ފެށުމާއެކު ރައީސް ޑރ. މުޢިއްޒުގެ އަތްޕުޅަށް އަރުއްވާނެކަމަށާއި އޭގެ ސަބަބުން މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދިގެންދާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖެއަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާއެކީ ސްޓްރެޓީޖިކަލީ ހައްލު ހޯދުންކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ފެނިގެން ގޮސްފައިވާކަމަށާއި އަދި ދ.އަތޮޅުގެ ހުރިހާ ރަށަކަށާއި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އެމަނިކުފާނުގެ ކެބިނެޓްގެ ގިނަ ބޭފުޅުން އެއްފަހަރާ ފޮނުވުމުގެ ބޭނުންފުޅަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ގާތުން މަސައްކަތްކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: