ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ފަސް ބިދޭސީއެއް ފައިލޭރިއާއަށް ޕޮޒިޓިވް!

ރާއްޖޭގައި ދރިއުޅެމުންދާ ބިދޭސީން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ނައްތާލެވިފައިވާކަމަށް ރެކޯޑުކޮށްފައިވާ ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް ފެނި ކުރިޔަށް ގެންދިޔަ ސްކްރީނިންގައި އެ ބަލި ޖެހިފައިވާ ފަސް ބިދޭސީއެއް ހުޅުމާލެއިން ދެނެގަނެވިއްޖެ އެވެ.

ބަޔާނެއް އާންމުކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހދ. ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ މަސައްކަތްތެރިންގެ ސްކްރީނިންގައި ކޭމްޕްގެ ތެރެއިން ފައިލޭރިއާއަށް ޕޮޒިޓިވް ކޭސްތަކެއް ފެނި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ލަފާގެ މަތީން އިތުރު ބަޔަކަށް މި ބަލި ޖެހިފައިވޭތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ރަށުގައި ފައިލޭރިއާ ޖެހިފައިވާ 25 ބިދޭސީއަކު ވަނީ ދެނެގަނެވިފަ އެވެ. އެޗްޕީއޭއިން މައުލޫމާތު ދިންގޮތުގައި އެ މީހުންނަކީ އިންޑިއާގެ ބިހާރާއި އުތުރު ޕްރަދޭޝް އަދި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ސަރަހައްދުން ރާއްޖެ އައި ބައެކެވެ.

މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވީނަމަވެސް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ ކުޅުދުއްފުށި ކައުންސިލާއި ކަމާއި ގުޅުން ހުރި އެހެން ފަރާތްތަށް ހިމެނޭހެން ޓާސްކްފޯއެއް އެކުލަވާލާފަ އެވެ. އަދި މާލޭގައި ހެލްތް އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

އެޗްޕީއޭއިން ބުނީ މިހާރު ކުރިޔަށް ދާ ސްކްރީނިންގައި މިދިޔަ ދެ ދުވަހެއްގެ ތެރޭގައި މާލޭގެ ސަރަހައްދުން ބައެއް ބިދެސީ ސައިޓުތަކުގައި އުޅެމުން ދިޔަ ބަޔަކު ޓެސްޓު ކުރުމުން އެ މީހުންގެ ތެރެއިން ބައެއް މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެގޮތުން ހުޅުމާލެއިން 29 މީހަކު ޓެސްޓުކޮށް ލިބުނު ނަތީޖާތަކުން ފަސް މީހަކު ބައްޔަށް ޕޮޒިޓިވްކަން ދެނެގެނެވިފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި އަދި މިހާތަނަށް މާލެއިން ބައްޔަށް ޓެސްޓު ކުރީ 15 މީހުންނެވެ. އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ އެކަކެވެ.

އެޗްޕީއެއިން ބުނީ ބަލި ފެނުނު ސަރަހައްދުތަކުން އަންނަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބައްޔަށް ޓެސްޓުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދާނާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް މައުލޫމާތު ދިނެވެ.

މިވަގުތު އެޗްޕީއޭއިން ކުރަމުން ދަނީ ހުޅުމާލެ، ވިލިމާލެ، އަދި ތިލަފުށީގައި ތިބި ބިދޭސީން ފައިލޭރިއާއަށް ޓެސްޓު ކުރުމުގެ މަސައްކަތެވެ. އަދި އެކަމަށް ބޭނުންވާ ޓެސްޓު ކިޓުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވެސް ފާހަގަކުރި އެވެ.

ރާއްޖެއަށް އެތެރެވާ ބިދޭސީންގެ އަދަދުތައް އިންތިހާއަށް އިތުރުވެފައިވާއިރު، މެޑިކަލް ހުށަހެޅުމުގައި އޮޅުވާލުމާއި ދޮގު މައުލޫމާތުތައް ދިނުން ވަނީ އާންމުކަމަކަށް ވެފަ އެވެ. އަދި މި ބަލި ރާއްޖެއިން ފެނުމާއި ގުޅިފައި ވަނީ އެއްވެސް މެޑިކަލް ޗެކަޕެއް ނެތި ބިދޭސީން އެތެރެ ކުރަމުން ގެންދިއުންކަން ސިއްހީ ދާއިރާގެ ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ފައިލޭރިއާގައި ފައި ދުޅަވެ ހަންގަނޑު ބޯވުމަކީ ބަލީގެ އެންމެ އާންމު އަލާމާތެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: