ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު ތަކެތީގެ މައްސަލައިގައި ޔޫތު މިނިސްޓްރީން އެތެރޭގެ ތަހުގީގެއް

ކެބިނެޓުގެ ވަޒީރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު. (ފޮޓޯ/ ރައީސް އޮފީސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޔޫތް މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް ސާމާނުތައް ބަދަލުކުރުމުގެ ތެރޭގައި ބައެއް ތަކެތި ގެއްލުނު މައްސަލައިގައި ތަހުގީގެއް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތް، އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސްއިން ބުނެފި އެވެ.

ބަޔާނެއް އާންމުކޮށް ޔޫތް މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގެވުމުގައި އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއި އެކު އަލަށް އުފެއްދި އެއް މިނިސްޓްރީއަކީ އެއީ ކަމަށެވެ. އަދި މީގެކުރިން އެހެން ތިން ވުޒާރާއެއްކަމަށްވާ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުގައި އޮތް ޔޫތު، ކޮމިއުނިޓީ އެމްޕަވަރމެންޓް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ދަށުގައި އޮތް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް، ނެޝަނަލް ލައިބްރަރީ، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން، ނެޝަނަލް އަރކައިވްސް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މެންޑޭޓްގެ ދަށުގައި އޮތް ނޫސް މީޑިއާ ރަޖިސްޓްރީކުރުމުގެ ބައި އެއް ވުޒާރާއެއްގެ ދަށަށް ގެނެސް، އުފެއްދެވި އައު ވުޒާރާއެއްކަމަށެވެ.

ޔޫތް މިނިސްޓްރީން ބުނެފައި ވަނީ މިގެނެވުނު ބަދަލާއި އެކު އެ ވުޒާރާތަކުގެ ދަށުގައި ހުރި މި ވުޒާރާގެ ދަށަށް އަންނާންޖެހޭ މުވައްޒަފުންނާއި ތަކެތި ބަދަލުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ވުޒާރާތަކުން އިސްވެ ތިބެ ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް މުވައްޒަފުންނާއި ތަކެތި އެ ވުޒާރާއަށް ބަދަލުކުރީ އެ ވުޒާރާގެ ޒިންމާދާރު ވެރިޔާގެ ބެލުމުގެދަށުން އެވުޒާރާގެ މުވައްޒަފުންކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ. ޔޫތް މިނިސްޓްރީން ބުނެފައި ވަނީ މިއިން އެއްވެސް މަރުހަލާއެއްގައި، ވުޒާރާއަކުން ތަކެތި ގެނައުމާއި ހަވާލުވުމުގައި ވުޒާރާގެ އެއްވެސް ސިޔާސީ މުވައްޒަފެއް ބައިވެރިވެފައެއްނުވާ ކަމަަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް ތަކެތި، ދެ ވުޒާރާ ބަދަލުވުމުގައި ގެއްލިފައިވާކަމަށް މިވުޒާރާގެ ސަމާލުކަމަށް އައި ހިސާބުން މިކަން ހިނގިގޮތް ބެލުމަށް އިންޓަރނަލް އިންވެސްޓިގޭޝަނެއް މިހާރު ފަށާފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: