ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ވަޒީރުންނަށް ރުހުން ނުދީ ލަސްކުރަނީ ގަސްތުގަ، އެއީ ޑިމޮކްރަސީއެއް ނޫން: ސަލީމް

ރައްޔިތުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ނުދީ ލަސް ކުރުމަކީ ޑިމޮކްރަސީއެއް ނޫންކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލައިގައި މިއަދު މަޖިލީހަށް ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހަޅުއްވައި ޝަފީގު ވިދާޅުވީ ހިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ގާނޫނުއަސާސީގައި ފުޅާ ދާއިރާއެއްގައި ދީފައިވާއިރު ހަބަރާއި މައުލޫމާތުތއް ފަތުރަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކްކޮށް ސަރުކާރުން އެ ހައްގަށް ހުރަސްއަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ވެބްސައިޓު ބްލޮކް ކުރުމަކީ ގާނޫނުއަސާސީއާއި ހިލާފު އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ދީފައިވާ އިންޒާރެއްކަމަށާއި އެއީ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއް ސޮއްސާލައިގެން ދިޔަ ނިންމުމެއް ކަމަށެވެ.

އެ މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ނިންމުމަށް ފަހު، އެމްޑީޕީގެ މެމްބަރުންގެ ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެ ވާހަކަތައް ރައްދު ދެއްވައި ސަލީމް ވިދާޅުވީ މިނިވަންކަމަކީ ބޭނުންވާ ހާ ގޮތަކަށް ބޭނުން ކުރަން އޮތް ހަތިޔާރެއް ނޫން ކަމަށެވެ. އަދި ޑިމޮކްރަސީގެ ނަމުގައި އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމުގެ ހއްގެއް ނޯންނާނެކަމަށް ވިދާޅުވި އެވެ.

ޑިމޮކްރަސީއަކީ ވަޒީރުންނަށް ރުހުން ނުދީ ލަސްކުރުންތޯ ސުވާލު އުފައްދައި، ސަލީމް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕާއި މަޖިލިސް ރައީސް މުހައްމަދު އަސްލަމް އިސްވެ ހުންނަވައި ކުރަމުން ގެންދަނީ ބަލައިގަނެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. ސަރުކާރު ބަލިކަށިކޮށްލަން، ނުވަތަ ވައްޓާލަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެކަމަށް ތަކުރާރު ކުރައްވައި ސަލީމް ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރު ވެރިކަމުގައި ހުންނަވާނީ ވެސް ރައީސް މުއިއްޒު ކަމަށެވެ.

ސަލީމް ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ އަބަދުވެސް ދެކެވޭކަމަށާއި، އެކަމަކު އެހެން މީހުންގެ އަބުރާއި އިއްޒަތް ނަގާލުން އެއީ އެ ބުނާ މިނިވަންކަމެއް ނޫން ކަމަށެވެ. މިއަދު ނޫސްތަކުގައި ވެސް ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވޭއިރު، ރައީސް މުއިއްޒުގެ ސަރުކާރަކީ ހިޔާލުފާޅުކުރުމާއި، ގަލަމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދޭނެ ސަރުކާރެއްކަމަށް އޭނާ ވިދާޅުވި އެވެ.

މިއީތޯ އެބުނާ ޑިމޮކްރަސީއަކީ.. ހަމަ ގަސްތުގައި ރާވައިގެން ވަޒީރުންނަށް ރުހުން ނުދޭން..

މަޖިލީހުގެ ރައީސަށް ނިސްބަތް ކުރައްވައި ސަލީމް ވިދާޅުވީ، ސަރުކާރެއް ގެއްލުމުގެ މާނައަކީ އެކަމުގެ ހިތާމައިގައި ދެން އުފެދޭ ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމަށެވެ. އެހެންކަމުން ޕީޕީއެމް – ޕީއެންސީގެ މެމްބަރުން ތިއްބައި ސަރުކާރަށް އުނދަގޫ ކުރުމުގެ އެއްވެސް ޖާގައެއް ނުދޭނެކަމަށް ސަލީމް ވިދާޅުވި އެވެ.

އަސްލަމަކީ ދެން މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނަވާނެ ބޭފުޅެއް ނޫންކަމަށާއި އޭނާ ބޭނުންވާހާ ކަމަކަށް ޖާގައެއް ނުދޭނެކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އެ ވާހަކައިގެ ރައްދުގައި އަސްލަމް ވިދާޅުވީ ކޮމިޓީން ބޭނުންވި މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށް އެދި ފޮނުވުނުކަމަށާއި އެކަމަކު ތަފްސީލު ލިބުން ލަސްވުމުގެ ސަބަބުން ކޮމިޓީގެ މަސައްކަތް ކުރިޔަށް ނުގެންދެވުނީ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރުހުން ދިނުމުގެ މައްސަލަ ދައުރު ދަންމާލައިގެން ކުރިޔަށް ގެންދެވެން ނެތްކަމަށާއި އެހެންކަމުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އެ މަސައްކަތް ކުރިޔަށް ގެންދަން އެދިއްޖެނަމަ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: