ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބް ރައީސް ރާއްޖެއިން ބޭރަށް ކުރި ދެ ދަތުރަށް ހަރަދުވީ 3.1 މިލިއަން ރުފިޔާ

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ޑިސެންބަރު 4 އިން 14 އަށް “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު “ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ. މި މަޢުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 3،189،544.58 (ތިން މިލިއަން ސަތޭކަ އައްޑިހަ ނުވަހާސް ފައްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސާސްއަށްލާރި އެވެ. އެއީ އެ ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ޚަރަދަކީ 2،413،029.54 (ދެ މިލިއަން ހަތަރުސްތޭކަ ތޭރަ ހާސް އޮނަތިރީސް ރުފިޔާ ފަންސާސް ހަތަރު ލާރި) އެވެ. އަދި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 180،735.90 (އެއްލައްކަ އައްޑިހަ ހާސް ހަތްސަތޭކަ ތިރީސް ފަސް ރުފިޔާ ނުވަދިހަ ލާރި) އެވެ.

ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 595،779.14 (ފައްސަތޭކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ހަތްދިހަނުވަ ރުފިޔާ ސާދަ ލާރި) އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: