ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކޮށްފައިވާ 22 ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކޮށްފިއެވެ.

ކޮމިޓީއިން މިގޮތަށް ނިންމާފައި ވަނީ މަޖިލީސް ޗުއްޓީއަށް ގޮސްފައިވަނިކޮށް ބޭއްވި ބައްދަލުވުމުގައެވެ. ކޮމިޓީ ބައްދަލުވުން ތައާވަލުކޮށްފައިވަނީ އެމްޑީޕީއަށް ކޮމިޓީގެ މެޖޯރިޓީ ގެއްލުމުންނެވެ. އެއީ އެމްޑީޕީގެ 13 މެންބަރަކު ސަރުކާރާއި ގުޅުމުންނެވެ.

މީގެ ކުރިން ނިންމާފައިވަނީ ކޮންމެ ވަޒީރަކަށް ވަކިން ވޯޓަށް އެހުމަށެވެ. ނަމަވެސް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް އެއްކޮށް ވޯޓަށް އެހުމަށެވެ. ވޯޓަށް ހުޅުވައިލުމުން 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޮޓު ދެއްވީ ފަސް މެންބަރެކެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ.

ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދޭ މައްސަލަ އެޖެންޑާކުރި ޖަލްސާގައި، މި މައްސަލަ ކުރިއަށް ނުގެންދެވުނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ނިޒާމީ ނުކުތާއަށްފަހުއެވެ.

ހިސާން ފާހަގަކުރެއްވީ އޭރު މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހަށް ފޮނުވާފައިނުވާކަމެވެ. ވަޒީރުންނަށް ރުހުން ދޭއިރު، އެ ރުހުން ދެވެނީ ކޮންކަމެއް ކުރަން ހަވާލުކުރެވިފައިވާ މީހަކަށްކަމެއް ނޭނގޭކަމަށާއި، އެހެންކަމުން އެކަން ކުރުމުގެ ގާބިލްކަން ހުރިކަންވެސް ނުބެލޭނެކަމަށް ހިސާން ވިދާޅުވިއެވެ.

މިއީ ނިޒާމީ ނުކުތާއެއްކަމަށް މަޖިލީހުގެ ރިޔާސަތުން ބަލައިގެން، މަޖިލީސް މެދުކަނޑާލާ މި މައްސަލައާއި ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރެއްވިއެވެ. އަދި ނިންމެވީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

ވަޒިރުންނަށް ރުހުން ދިނުމަށް ކޮމިޓީއިން ނިންމާފައި މިވަނީ ކޯރަމް ހަމަނުކޮށް، ގަސްތުގައި މައްސަލަ ދިގު ދަންމާކަމުގެ ތުހުމަތުގައި އެމްޑީޕީގެ ޕީޖީއަށް ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒުވެފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: