ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 13 މެންބަރުން ޕާޓީ ދޫކޮށް ދާންޖެހޭ ސަބަބެއްނެތް: ހުސައިން ޝަހީމް

ފޮޓޯ: ޝަހުޒާން/ އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުން އެ ޕާޓީ ދޫކޮށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޕީޖީ ގްރޫޕުގެ ނައިބު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީއެންސީން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ 13 މެންބަރެއް ވަނީ ސޮއިކޮށްފަ އެވެ. އަދި އެ ޖަލްސާގައި އެ މެންބަރުން ބައިވެރިވެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ދިފާއުކޮށް ވާހަކަ ދެއްކެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އިސްކުރީ ގައުމުކަމަށް ވިދާޅުވެފަ އެވެ. ޝަރީފް ވިދާޅުވީ އޭނާ އިސް ކުރީ ގައުމުކަމަށާއި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކުރި ސަރުކާރެއް ގުޑުވާލުމަކީ އޭނާ ގަބޫލު ކުރާ ވިސްނުމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ އެމްޑިޕީއަކީ ގައުމު އިސްކޮށްގެން ކަންކަން ކުރާ ޕާޓީއެއްކަމަށެވެ. އެހެންކަމުން އެ 13 މެންބަރުން ޕާޓީ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީއިން ބޭއްވި ޖަލްސާގައި އެޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ގާނޫނާއި ހިލާފް ވާހަކަތަކެއް ދައްކަވާފައި ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލަޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް އަރާވަޑައިގެން ދީނާއި ހިލާފް ވާހަކަތަކެއް ދައްކަވާފައިވާކަމަށާއި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ ވާހަކަ ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއް ޝަހީމް އާއި ގުޅުއްވައި ބައެއް މެންބަރުންނަށް ރުހުން ނުދިނުމަށްވެސް އެދިފައިވާކަމަށެވެ. އެފަދަ ކަންކަން ގިނައިން ކުރިމަތިވެފައި ހުރިކަމަށާއި އެހެންކަމުން ގާނޫނީ ވާޖިބު އަދާކުރުމަށް ދަތިވާކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމްޑީޕީއިން ޕީއެންސީއަތް ދިޔަމެމްބަރުން ދިޔައީ ގައުމައް ނުވަތަ ރަތްޔިތުންނައް ހެޔޮއެދިގެނެއްނޫން ކަމައްމަށައް ފެންނަނީ އެއީ އައްޑޫ މަރަދޫ ދާއިރާގެ އިއްޒަތެރި އަބުރުވެރި ގަދަރުވެރި ތެދުވެރި އިހުލާސްތެރި ވަފާތެރި އަމާނާއްތެރި މެމްބަރު އެމްޑީޕީ ދޫކޮއްދިޔައީ ކޮއްމެހެން ހަތަރުމިލިއަން ރުފިޔާދިނީމަކާނޫން އަދިދަރިފުޅުއައް އެހުރި މަގާމުގަ ބެހެއްޓީ މަކާވެސް ނޫން ހަމަ ތެދުވެރިކަމުން އިހުލާސްތެރިކަމުން ވަފާތެރިކަމުން ރަންގަޅުކަމުން ކާކުތޯ ފައިސާ ފޮއްޗެލިބުނީމަ ނުހިފާނީ ކާކުތޯ ދަރިފުޅައް އެވަރުގެ މަގާމެެއްދިނީމަ ތިގޮތައް ދޭމަގާމަކައް ދަރިފުޅު ނުފޮނުވާނަމޭ ބުނާނީ މަރަދޫ ދާމެމްބަރު ކިހާރަންގަޅުތޯ އިއްޒައްތެރި އިއްޒައްތެރި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: