ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށެއްގެ ތުހުމަތުގައި ހުކުމްކޮށްފައިވާ މީހަކަށް މާފު ދިނުމުގައި ކްލެމެންސީ ބޯޑުގެ ދައުރު ބޮޑު: އިސްމާއިލް މުހައްމަދު

ގާނޫނީ ވަކީލް އިސްމާއިން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށެއްގެ ތުހުމަތުގައި ހުކުމްކޮށްފައިވާ މީހަކަށް މާފު ދިނުމުގައި ކްލެމެންސީ ބޯޑުގެ ދައުރު ބޮޑު ކަމަށާއި އެކަން ކުރުމުގައި ބަލަންޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށް ޓޯޓަލް ލީގަލް ސޮލިއުޝަންސްގައި މަސައްކަތްކުރައްވާ ގާނޫނީ ވަކީލް އިސްމާއިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ތިލަފަޔް ޕްރޮގްރާމްގައި އިސްމާއިލް ވިދާޅުވީ ރައީސް މާފު ދެއްވިކަމުގައި ވީނަމަވެސް ކްލެމެންސީ ބޯޑުން އެމީހެއްގެ މައްސަލަ ރިވިއު ކުރާއިރު ނުވަތަ އެ މައްސަލައެއްގައި ގޮތެއް ކަނޑައެޅުމަށް ދިއުމުގެ ކުރިން ބަލަންޖެހޭ ކަންކަން ގާނޫނުގައި ހުރި ކަމަށެވެ. އޭގޭތެރެއިން އެމީހެއްގެ އުޅުމަށް އައިސްފައިވާ ބަދަލުތަކާއި، އެމީހެއްގެ އުމުރާއި، ސިއްހީ ހާލަތާއި، ދިރިއުޅުމުގެ ވައްޓަފާޅި ކުރިން ހުރިގޮތް ބަލަން ޖެހޭ ކަމަށާއި، އަދި އެމައްސަލާގައި ވިކްޓިމައިޒް ވި ފަރާތަށް ލިބުނު ގެއްލުން ވެސް ބަލަން ޖެހޭކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އެފަދަ މައްސަލައެއްގައި ވިކްޓިމައިޒްވި މީހާ ކްލެމެންސީ ބޯޑަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި އަދި އެމީހަކު ކުށްކުރިމީހާއަށް މާފު ދިނުމުގައި ދެކޭގޮތަވެސް ބަލަންޖެހޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އިސްމާއިލް ވިދާޅުވީ ގާނޫނުގައިވާ މިފަދައެތަށް ކަންކަމަށް ރިއާޔަތް ކޮށްފައިނޫނީ މީހަކަށް މާފު ދިނުމާއި އަދަބު ލުއިކުރުން ގާނޫނު ނުދަންނަ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ އެކަންކަން ޕްރެކްޓިސް ކުރުމުގައި ސިޔާސީ ނުފޫޒު ވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީހެއްގެ މައްޗަށް ކުށެއް ސާބިތު ވޭތީ ނުވަތަ ނޫންތީ ކަނޑައެޅުމުގައި ދައުލަތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން ދައުލަތުގެ ވަސީލަތްތަކާއި، ވަކީލުންނާއި، މުވައްޒަފުންނާއި، ކޯޓުތަކުގެ ވަގުތާއި އެތަނުގެ މުވައްޒަފުންވެސް ބޭނުން ކުރައްވާ ކަމަށެވެ. އަދި ކުށް އެމީހެއްގެ މައްޗަށް ސާބިތުވުމުން ކުށުގެ އެއްވެސް އުގޫބާތެއް ހާގީގީމާނައިގައި އެމީހާ ތަހައްމަލު ނުކޮށް ރައީސް މާފު ދެއްވުމުން ގާނޫނު ހެދި ފަރާތްތަކުގެ މަގްސަދާއި އަދި އެ ގާނޫނުގެ މަގްސަދުވެސް ހާސިލް ނުވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިހާރު ކަން ކުރާ އުސޫލަށް ބައްލަވާނަމަ އެއްވެސް ގޮތަކަށް ގާނޫނުގެ މަގްސަދު ހާސިލް ނުވާކަމަށެވެ. ދައުލަތުން ބޮޑެތި މަސައްކަތްތަކެއް ކޮށް ނުވަތަ އެތައް ވަސީލަތެއް ހަރަދުކޮށްގެން މީހެއްގެ މައްޗަށް ކުށެއް ސާބިތު ވާކަމަށް ކަނޑައަޅައި ހާލަތުގައިވެސް އޭގެ ނަގްސަދު ހާސިލް ނުވެ އެމީހަކު މުޖުތަމައު ގައި އެންމެ ބޮޑު މިނިވަނެއްގެ ގޮތުގައި އުޅެމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.

މީގެއުތުރުން އިސްމާއިލް ވިދާޅުވީ މިކަމަށް އޮތް އެންމެ ބޮޑު އެއްހައްލަކީ ގާނޫނަށް އިސްލާހެއް ގެނައުން ކަމަށެވެ. ފުރަތަމަ ފަހަރަށް މީހަރުވެސް އިސްލާހެއް ގެނެސްފައި ވާ ކަމަށާއި އަދި އެހެން ނަމަވެސް މިކަމަށް ދެވަނަ އިސްލާހެއް ގެންނަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އަދި އެ އސްލާހުގައި ކްލެމެންސީ ބޯޑުން ނިންމާ ނިންމުން ބެލުމަށްޓަކައި ހުރި ކަންކަން ލިޔެފައިވާ ގާނޫނުގައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރުން ކަމުގައި ވދާޅުވިއެވެ. އަދި މާފު ދެވޭނެ ކުށްތަކުގެ ގޮތުގައި އެ ގިންތީގައި ލިޔެފައިވާ ކުށްތައް އިތުރަށް ރިވިއުކުރުމަށްފަހު އެ ލިސްޓުގެ ތެރެއަށް އިތުރު ކުށްތައް ހިމަނަން ޖެހޭކަމަށްވެސް އިސްމާއިލް ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: