ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައުއަހަރާއި ދިމާކޮށް ބާއްވަން ނިންމި ކުޑަކުދިންގެ ހަވީރު މިއަދު ނޯންނާނެ: މިނިސްޓްރީ

އިންސާނިއްޔަތަށްޓަކާއި ކުޑަކުދިންގެ ހަވީރު-- ވަގުތު އިމޭޖަސް: ހުސައިން ރިޔާޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާ ފެށޭ އާ އަހަރާއި ދިމާކޮށް، ސަރުކާރުން ބޭއްވުމަށް ނިންމާފައިވާ ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ގެ ކުޑަކުދިންގެ ހަވީރު ނޯންނާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، އެ ފެސްޓިވަލުގެ ތެރެއިން މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމާފައިވާ ކުޑަކުދިންގެ ހަވީރު ނުބާއްވަން ނިންމާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މިހަރަކާތް ނޯންނާނެ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން އެ ފެސްޓިވަލުގެ ތެރެއިން މިރޭ ބޭއްވުމަށް ނިންމާފައިވާ ރޭގަނޑުގެ ހަރަކާތް ވެސް އެވުޒާރާއިން ވަނީ ފަސްކޮށްފައެވެ.

މި ފެސްޓިވަލްތެރޭގައި މިއުޒިކް ޝޯވވެސް ހިމެނެއެވެ. އަދި ލޭޒާ ޝޯއެއްވެސް ހިމެނޭއިރު، ދިވެހި އާޓިސްޓުންނާއި އެކި ހުނަރުތަކުގެ ފަންނާނުން ހުށަހެޅުންތައް މި ފެސްޓިވަލުގައި ފެނިގެންދާނެެއެވެ. އަދި ހަވާ އެރުވުންްވެސް މި ފެސްޓިވަލް ތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 7:30 އިން ފެށިގެން މެންދުރު ފަހު 13:30 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: