ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ކައްދޫއަށް

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވާ ލ. ކައްދޫއަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ބުނެފިއެވެ.

މެޓު އޮފީހުން ބުނި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާއި ހަމައަށް ކައްދޫއަށް ވަނީ 119 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެއީ 73.7 މިލިމީޓަރުގެ ވާރޭއެވެ.

މާލެ ފިޔަވައި ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވަނި އއ. ތޮއްޑުއާއި ހުޅުމާލޭގެ އިތުރުން ކާށިދޫއަށެވެ. ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ގިނަ ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. ފެންބޮޑުވެފައިވާ ރަށްތަކުގައި ފެންހިންދުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ހަވީރު 17:00 އާއި ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: