ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައެއް ދާއިމީ ހަލެއް ގެނެސްދޭނަން: ރައީސް

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، ރައީސް މުއިއްޒު ބައެއް ގެތަކަށް ޒިޔާރަތް ކުރެއްވުން/ ފޮޓޯ: މިނިސްޓްރީ އޮފް ހޯމް ލޭންޑް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.

ރެއިން ފެށިގެން މާލެއަށް ވެހުމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށާއި ފިހާރަތަކަށް ވަނީ ފެން ވަދެފައެވެ. އަދި ބައެއް ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ މާފަންނުގެ ސަރަހައްދުތަކަށެވެ. މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ރައީސްގެ އެންގެވުމަށް ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރައްވަމުންނެވެ.

އެއަށް ފަހު މިއަދު ކުރިޔަށް ދިޔަ ކެބިނެޓު ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ އެންމެ ބޮޑަށް ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލައްވައިފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ކެބިނެޓުގެ ވަޒީރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގުތަކަށް މިހާރު ދިމާވެފައިވާ މި މައްސަލައަށް ވީ އެންމެ އަވަހަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށާއި އަދި މަގުތަކުގައި ފެންބޮޑު ވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި އަޅާފައިވާ ހޮޅިތަށް އެއަށްވުރެ ފަލަ ހޮޅިއަށް ބަދަލު ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ގޭތަކުގެ ތަކެއްޗާ ފިހާރަތަކުގެ ތަކެއްޗަށްވެސް ގެއްލުން ލިބިފައިވާކަމަށާއި ބައެއް ގެތަކަށް ވަރަށް ބޮޑަށް ފެން ވަދެފައި ވާކަމަށެވެ.އަދި އެ ގެތަކުގެ ތެރެއަށް ނަޖިސް ފެން ވަދެ ގެންގުޅޭ ސާމާނަށްވެސް ގެއްލުން ލިބިފައިވާކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ފަސް ރަށަކަށް ގެއްލުން ލިބިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ފ. ނިލަންދު އާއި ކ. ގުރައިދު އާއި ލ. ގަމާއި އެ ރަށާ ގުޅިފައި އޮންނަ ފޮނަދޫ އަދި އައްޑޫ މަރަދޫންނެވެ.

ފެން ބޮޑުވުމުން ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: