ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރުޖަމާނުކަމުން ވަކިކޮށް، ޝަހީބު ފޮރިންގެ ސްޓޭޓް މިނިސްޓަރުކަމަށް!

ސަރުކާރުގެ ތަރުޖަމާނުކަމަށް އައްޔަނު ކުރި މުހައްމަދު ޝަހީބު މަގާމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ތަރުޖަމާނުކަމަށް އައްޔަނު ކުރި މުހައްމަދު ޝަހީބު މަގާމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނުކޮށްފި އެވެ.

ޝަހީބު ވަކި ކުރިކަން އަދި މިހާތަނަށް ރަސްމީ ގޮތުން ކަށަވަރުކޮށް ނުދިން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި އޭނާއަކީ މިހާރު ސްޓޭޓް މިނިސްޓަރެކެވެ. އަދި ތަރުޖަމާނަށް ހާއްސަ ކުރާ އެކްސް އެކައުންޓުގައި އޭނާގެ، ފޮޓޯއާއި ނަމެއް ވެސް މިހާރު ނެތެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުންގެ ސެކްޝަނުގެ، ފޮރިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް ޝަހީބުގެ ނަން ހިމަނާފައި/ ވެބްސައިޓުގެ: ސްކްރީންޝޮޓެއް

 

 

 

 

 

 

 

ސަރުކާރު އުފެދުމަށް ފަހު ދުވަސްތަކެއް ފަހުން، ޑިސެމްބަރު މަހުގެ 13 ގައި ޝަހީބު އެ މަގާމަށް އައްޔަނު ކުރުމަށް ފަހު މަހެއް ނުވަނީސް އޭނާ އެ މަގާމުން ވަކި ކުރީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނޫނެވެ. އެކަމަކު ކުރިން ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްކަން ވެސް ކުރި ޝަހީބު ބައިވެރިވެ ބޭއްވި ތިން ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޭނާގެ ފަރާތުން އެދެވޭ ޖަވާބުތައް ނުލިބޭތީވެ ނޫސްވެރިން ވަނީ އެކަމުގެ ޝަކުވާތައްކޮށްފަ އެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 43%ވަރަށް ގަޔާވޭ 36%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 21%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: