ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ މަސައްކަތްތަކުގައި ރައީސް ދެއްވާ އެއްބާރުލުމުގެ ވާހަކަތައް ރަން އަކުރުން ލިޔަންޖެހޭ: ޑރ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޒަކާތުހައުސް އިފްތިތާޙް ކޮށްދެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ މަސައްކަތްތަކުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވާ އެއްބާރުލުމުގެ ވާހަކަތައް ރަން އަކުރުން ލިޔަންޖެހޭކަމަަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒަކާތު ހައުސް އިފްތިތާަހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވި ވަގުތަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު އިތުރަށް ވަރުގަދަ ކުރަންޖެހިފައިވާ ވަގުތެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އޭރު ދިވެހިރާއްޖޭގެ ގައުމީ ބަހާތައް އިތުރަށް ވަރުގަދަކޮށް ފޭރާން ވެސް އޮތީ އަލުން ވިޔަންޖެހިފައިވާ ހާލަތުގައިކަަމަށެވެ. ޝަހީމް ވިދާޅުވީ، ރައީސް ޑރ މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ ނިއުމަތެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މި ހާލަތަކީ ތާރީހީ ފަތްތުއްތަކަަށް ބަލާލާއިރު ކޮންމެ އުންމަތަކަށްވެސް 100 އަހަރުން އެއް ފަހަރު އަންނަ ފުރުސަތެއްކަަމަށެވެ. އެހެންކަމުން މި ފުރުސަތު ދިވެހިން ނަގާލައިގެން ނުވާނެކަަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒުގެ އަތުގައި ހިއްޕެވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާކަަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގައުމީ ސިފަތައް އަލުން އިޔާދަކޮށް އިސްލާމީ ޝަހުސިއްޔަތުތައް ވަރުގަދަކޮށް އެއްބައިވަންތަކަމުގެ ސަފުތައް ވަރުގަދަކޮށް ބަދަލުހިފުމާއި ހަސަދަވެރިކަން ނެތިކޮށްލުމުގައި މުޅި ގައުމު އެކަތިގަނޑެއްގެ ގޮތުގައި ބައިވެރިވެ ރައީސް މުއިއްޒު ކުރިއަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގައި އެންމެން ސާބިތުވެ ތިއްބެވުމަށް އެދިވަޑައިގަންނަވާކަަމަށެވެ. އަދި މިއަދު އެ މަންޒަރުތައް ފެންނަމުންދާކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި ވާހަކަތައް ދައްކަވަމުންދަނީ މަގާމުގައި ހުންނެވުމުން ނޫންކަމަށެވެ. އަދި ވަޒީރަކަށް ނުވީ ނަމަވެސް އެ ވާހަކަަތައް ދައްކަވާނެކަމަަށާއި އެެއީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަތަކެއް ކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ މަސައްކަތްތަކުގައި ރައީސް މުއިއްޒު ދެއްވަމުންދާ އެއްބާރުލުން އެމަނިކުފާނަށް ތަޖުރިބާ ކުރެއްވިފައިވާކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދީނުގެ ކަންކަން ނެގެހެއްޓުމުގައި ރައީސް ދެއްވަމުންދާ އެއްބާރުލުމަކީ ރަން އަކުރުން ލިޔަންޖެހޭ ފަދަ ވާހަކަތަކެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: