ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އިތުރު ވަގްފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖައްސެމަށް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އިތުރު ވަގްފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގެ ވަގްފުތައް އިތުރުކޮށް، ލިބޭ އާމްދަނީ ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރު ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން މާލޭގައި އިތުރު ވަގްފު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން ބިހުރޯޒް ކަމަނާ މިސްކިތާ އިންވެގެން އޮތް އިސްލާމިކް މިނިސްޓްރީގެ ގުދަން ހުރި ތަން ބޭނުންވެގެން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކެބިނެޓަށް ކަރުދާހެއް ހުށަހެޅުމުން އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ހުށަހެޅީ މިހާރު މާލެ ސިޓީ ކައުންސިލްގެ ދަށުގައި އޮތް ބިމުގެ ރަޖިސްޓްރީ އިސްލާމިކް މިނިސްޓްރީ އަށް ބަދަލުކޮށް އެ ތަނުގައި ވަގްފު އިމާރާތެއް އެޅުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވި ގޮތުގައި ވަގްފު އިމާރާތްތައް އަޅަނީ ދީނީ ކަންކަމަށް ހޭދަ ކުރުމަށެވެ. ނަމަވެސް ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު އެ ތަނުގައި އިމާރާތް އެޅުމުގެ ބަދަލުގައި އެހެން ބިމެއް ދޭން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެގޮތަށް ނިންމީ ބިހުރޯޒް މިސްކިތަކީ ތާރީހީ މިސްކިތަކަށްވެފައި، ތާރީހާއި ސަގާފަތް ދިރުވައި އާލާ ކުރުމަކީ ވަރަށް މުހިންމު އަމާޒަކަށްވާތީއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކާއި ވަގުފް އިމާރާތްތައް އަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ވަނީ ހުޅުވާލައިފައެވެ. އެގޮތުން ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތް ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުމާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދިނުމަށް އެ ވުޒާރާއިން ވަނީ ނިންމައިފައެވެ.

ވަގުފު ފަންޑު މުއްސަނދި ކުރުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ވަގްފު އިމާރާތެއް އެޅިއެވެ. ދާރުލްއީމާން ނަމުގައި އެޅި މި އިމާރާތުގައި މިހާރު ވެސް ބައެއް ކުންފުނިތައް ހިންގަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: