ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އާޓް ސްކޫލެއް ގާއިމް ކުރަން ނިންމައިފި

އެގްޒިބިޝަންގެ ތެރެއިން ފެނިގެންދާ ލީންގެ ކުރެހުން ކިޔާދެނީ - ފޮޓޯ: ބަލްްބް-ވީ ކްރިއޭޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާ ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާ، ބައިނަލްއަގްވާމީ ފެންވަރުގެ އާޓް ސްކޫލެއް ގާއިމް ކުރަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާ ކުރުމަށްޓަކައި ނޭޝަނަލް ކްރިއޭޓިވް ކޮމެޓީގެ ނަމުގައި ދައުލަތުގެ ގިނަ ވުޒާރާތަކެއް އެކުލެވޭ ހާއްސަ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާފައިވާކަމަށެވެ. މި ކޮމެޓީން އެކަމާއި ގުޅުން ހުރި ސިޔާސަތުތައް އެކުލަވާލަމުން ގެންދާނެކަމަށަ ވެސް ވަނީ ވިދާޅުވެފައެވެ.

އެ ކޮމެޓީގައި އިގްތިސޯދީ ވަޒީރާ އާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ޒުވާނުންނާއި ގުޅޭ ވުޒާރާ އާއި ތަޢުލީމީ ވުޒާރާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ފަދަ ވުޒާރާތައް ހިމެނޭނެއެވެ.

މީގެ އިތުރުން ޕްރެޒިޑެންޝިއަލް ޔޫތް އެޑްވައިޒަރީ ކައުންސިލްގެ މެންބަރަކާއި، ބީސީސީންނާއި ޓެރޭޑިންގ ބިޒްނަސް ކޯޕަރޭޝަނުންނާއި، އަންހެން ވިޔަފާރިވެރިންގެ ތެރެއިންނާއި، ކަމާ ގުޅޭ ފަރާތްތަކުންގެ ތެރެއިން ތިން މެންބަރުން އެކުލެވޭ މި ކޮމެޓީ އެކުލަވާލަން ނިންމާފައި ވެއެވެ.

މިއީ ރާއްޖޭގައި ކިޔަވާ ދަރިވަރުން ބައްޓަން ކުރުމަށް ތައުލީމީ މަންހަޖުގައި ހުރި ކަންކަން ދެނެގަނެ، އެކަންކަން އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލުމަށް ޒިންމާ ކުރެވިފައިވާ ކޮމެޓީއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީީ، ބައިނަލްއަގްވާމީ ފެންވަރުގެ އާޓް ސްކޫލެއް، ފެކަލްޓީއެއް ގާއިމް ކުރުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ތެރެއިން ކުރެވިގެންދާނެ ކަަމަށެވެ. އަދި ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ އާ ފުރުސަތުތައް ތަނަވަސްކޮށްދޭން ޒަމާނީ އިންތިޒާމްތައް އެކުލެވޭ ސަރަހައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ގާއިމް ކުރުމަށްވެސް ނިންމާފައި ވެއެވެ.

މިތަން ތަރައްގީ ކުރެވިގެން ދާނީ ޗާންދަނީ މަގުގެ ކުރިން ބޭންކް އޮފް ސިލޯން ހުރި ތަނުގައި ބީސީސީއަށް ދޫކޮށްފައި ހުރި ތަނުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: