ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެބަސްވުންތައް ހައްލުކުރަން ކުރެވުނު ހުރިހާކަމެއް ކުރިން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ތެރޭގައި އޮތް ދެބަސްވުންތައް ހައްލުކުރެއްވުމަށް ޗެއަރޕާސަންގެ ހައިސިއްޔަތުން މަސައްކަތްކުރެއްވިކަމަށް ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އެމްޑީޕީއަށް ކުރިމަތިވެގެންދިޔަ ނާކާމިޔާބީތަކާއިމެދު ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ދެ ފަޅީގައި އޮތް މައްސަލަތައް ހައްލުކުރައްވަން މަސައްކަތްތައް ކުރައްވާފައިވާކަން މީގެކުރިންވެސް މީޑިއާތަކާއި ހިއްސާކުރައްވާފައިވާނެކަަމަށެވެ. އޭނާ ވިދާޅުވީ، ދެންނެވީ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ހައްލެއް ގެނައުމުގައި ނާކާމިޔާބުވެވަޑައިގެންނެވި ވާހަކަ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ރައީސް މުހައްމަދު ނަޝީދު ދެމެދު އުފެދިފައި އޮތް މައްސަލަ ހައްލުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރެއްވިކަަމަށާއި އެއްބަސްވުމަކަށް ވާސިލުވެވޭނެ މަގަކަށް ދިއުމަށް މަސައްކަތްތައް ކުރެއްވިނަމަވެސް ޗެއާރޕާސަންއަށް ވީތީ އެކަން ކުރެވެން ނޯންނަކަަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދެ ބައި އެއްކުރުމުގެ ގާބިލުކަން ނެތުންވެސް އެކަށީގެންވާކަަމަށާއި އެހެންނަމަވެސް މަސައްކަތްތައް ކުރައްވާފައިވާކަން ތަކުރާރުކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ، ހަގީގަތަށް ބަލާލާއިރު، އުފެދިގެންދިޔައީ ޕާޓީގެ ބާރުވެރިކަމާއި ގުޅުވައި އުފެދިގެންދިޔަ މައްސަލައެއްކަން ފެނިގެންދާނެކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރެވޭނީ ކޮންމެވެސް އެއް ފަޅިޔަކުން ދުލެއް ދީ ފަހަތަށް ޖެހިލައިގެންކަމަަށްވާއިރު ދުލެއް ދެވޭނެ ގޮތެއް ނުފެނުނުކަމަަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީގެ މެމްބަރުންތަކެއް ވަކިވެގެންދިއުމުން އެމްޑީޕީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، ވަކިވިގެންދިޔައީ އެމްޑީޕީގެ ތެރޭގައި އެތައް ޒަމާންތަކެއް ބާރުވެރިކަންމަތީގައި ތިއްބެވި ބޭފުޅުންތަކެއްކަަމަށާއި އޭރު ތައްޔާރުވަމުންދިޔައީ ރިޔާސީ އިންތިހާބަށްކަމަަށް ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، އެ ދުވަސްވަރު އޭރުގެ އިދިކޮޅުގެ ގޮތުގައި ތިބި ޕީޕީއެމް ޕީއެންސީއިން އެތައް ދޮގު ވާހަކަތަކެއް ދައްކަމުންދިޔަކަމަށެވެ. އޭނާ ވިދާޅުވީ އެ ޕާޓީއިން ދޮގުތަކެއް ހަދަމުންދިޔައިރު ޕާޓީގެ އެތެރެއިން އެކަމަށް ވާގިލިބެމުންދިޔަކަަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި އެމްޑީޕީއާއިމެދު ނުތަނަވަސްކަމެއް އުފެދުނުކަމަށް ހިއްސާކުރެއްވިއެވެ. އެގޮތުން ދެކެވުމުންދާ ވާހަަކަތަކުގެ ތެދު ދޮގު ދެނެގަތުމުގައި ދަތިތައް ހުރިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: