ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް އެކްސްޕެންޑްކޮށް ތަރައްގީ ކުރާނެ ފަރާތެއް ހޯދަނީ!

ކުޅުދުއްފުށި އެއަރޕޯޓްގެ ޓާމިނަލް އެކްސްޕެންޑްކޮށް އަލުންހަދާނެ ފަރާތެއް ހޯދަނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި އެއަރޕޯޓް ހިންގައި ބަލަހައްޓާ ކުންފުނި، ރީޖަނަލް އެއަރޕޯޓްސް ކޮންޕަނީ ލިމިޓެޑް(އާރް.އޭ.ސީ.އެލް) އިން ކުޅުދުއްފުށި އެއަރޕޯޓްގެ ޓަރމިނަލް އެކްސްޕެންޑްކޮށް އަލުންހަދާނެ ފަރާތެއް ހޯދުމަށް ގެޒެޓްކޮށްފިއެވެ.

ކުޅުދުއްފުށި އެއަޕޯޓްގެ ޓަމިނަލް އެކްސްޕެންޑްކޮށް އަދި އަލުން ހެދުމަށްޓަކައި ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެއަރޕޯޓްގެ ޓަރމިނަލް އެކްސްޕެންޑްކޮށް އަދި އަލުން ތަރައްޤީ ކުރަން ޖެހޭނީ އެކުންފުނިންދޭ ކޮންސެޕްޓް ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކުންފުނިން މައުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ދަށުން 11،345 އަކަފޫޓުގެ ޕެސެންޖަރ ޓަރމިނަލްއަކާއި، ފެސެންޖަރ ޓަރމިނަލް ސަރަހައްދުގައި ޝޭޑިންއެއް ލުމަށާއި، މިވަގުތު ބޭނުން ކުރެވެމުންދާ ޕެސެންޖަރ ޓަމިނަލްގެ ސްޓްރަކްޗާއަށް ގެންނަން ޖެހޭ ބަދަލުތަށް ގެނައުމަށާއި، އަދި ފަސެންޖަރުންނަށް ދެވޭ ޙިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ޤާއިމްކުރުންވެސް ވަނީ ހިމަނާފައެވެ.

މިމަސްރޫއު ކުރިއަށް ގެންދިއުމަށް ޝައުގު ވެރިވެއްލައްވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި)އެއް ގެޒެޓްގައި ބަޔާކުރެވިފައިވާ މާޢުލޫމާތުތަކާއެކު 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 23:59 ގަނޑި ސުންމިނެޓްގެ ކުރިން tender@airports.mv އަށް ފޮނުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އަދި މި މަސްރޫއަށް ކަނޑައަޅާފައިވާ ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަކަން ވެސް އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ. ކުޅުދުއްފުށި އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ފެށުމަށް ވަނީ ރައީސްގެ “ހަފްތާ 14” ގެ މަގުޗާޓުގައި ހިމަނާފައެވެ.

ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް ހަފްތާ 14ގެ ތެރޭގައި އަމަލީ މަސައްކަތްތައް ފެށުމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕަނީ ލިމިޓެޑް(އާރް.އޭ.ސީ.އެލް)ގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ކުރިންވެސް ފާހަގަކުރެއްވި ގޮތުގައި، ކުންފުންޏާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއް މަސްރޫއަކީ ކުޅުދުއްފުށި އެއަރޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރުކުރަންޖެހޭ އެންމެހައި ޙިދުމަތްތަކެއް އިތުރު ކުރުމާއި، ޕަސިންޖަރުންނަށް އެއަރޕޯޓުން އަދި ޓަރމިނަލްއުން ލިބެންޖެހޭ އެންމެހައި ޙިދުމަތްތައް ހިމެނޭ ގޮތަށް ކޮންސެޕްޓް ޑްރޮވިންގ އެއް އެކުލަވާލާއި މަސްރޫޢުގެ މަސައްކަތްތައް ފަށައި ތަޢާވާލް އާއި އެއްގޮތަށް މަސައްކަތްތައް ނިންމުމެވެ.

އަދި މުބީން ފާހަގަ ކުރެއްވިގޮތުގައި އަލަށް ހެދޭ ޓަރމިނަލްގައި ދަތުރުކުރާ ފަރާތްތަކަށާއި އާއްމު ފަރާތްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެކުލެވިފައިވާނެވެ. މިސާލަކަށް، ފާހަނަ، މައިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރި، ނަމާދު ކުރާ ކޮޓަރި، ކެފޭގެ ހިދުމަތް، ދަތުރުކުރާ ފަތުރުވެރިންނަށް ނުވަތަ އެހެން ފަރާތްތަކަށް އިންފޮމޭޝަން  ދޭނެ ކައުންޓަރ ފަދަ ހިދުމަތްތަކާއި ސްޓާފުންނަށް ބޭނުންވާ ވަސީލާތްތަކާއި ޙިދުމަތްތައް ގާއިމްކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި މަސްރޫއުގެ ތެރޭގައި އެއަރޕޯޓުގެ ސަރަހައްދަށް  ބޭނުންވާ ޕާކިންގެ ޙިދުމަތްތަކާއި އަދި މީގެ އިތުރުންވެސް އެއަރޕޯޓަށް އިތުރު ފުރިހަމަކަން ގެނެސްދޭނެ ކަންކަންވަނީ ހިމަނާފައެވެ. މިބަދަލުތަކާއެކު އާރް.އޭ.ސީ.އެލްއިން ދަނީ، ކުޅުދުއްފުށި އެއަރޕޯޓުގައި ހިމެނޭ ސަރަހައްދަށް އިތުރު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

އޮގޮތުން ޓުއަރިޒަމް އާއި ގުޅުންހުރި ކަންކަން އެއަރޕޯޓުގެ އުތުރަށް އޮތް ހުސްބިމުގައި ތަޢާރަފް ކުރުމަށް  އާރް.އޭ.ސީ.އެލް އާއި ކައުންސިލާއެކުވަނީ ސޮއިކުރެވިފައެވެ. މިކަންކަމުގެ ސަބަބުން ކުޅުދުއްފުށި ސިޓީއަށް އިތުރަށް ފުރިހަމަކަން ގެނެސްދީ ޓުއަރިޒަމް އިތުރަށް ފުޅާވުމަށް އެހީއަކަށްވެގެންދާނެ ކަމަށް ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ. އަދި މިއީ އާރް.އޭ.ސީ.އެލް އަމިއްލަ ފައިމައްޗަށް ތެދުވެ ސަރުކާރުގެ މާލީ އެހީއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއްކަން ކަމުގައި ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: