ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުގަންޑާގައި އޮތް ކޮންފަރެންސްގައި އަސްލަމް ބައިވެރިވެވަޑައިގެންފި

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 3 އިން 6 އަށް ޔޫގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތް ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ކޮންފަރެންސްގައި ތިމާވެއްޓާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު މައުޟޫއުގައި އަސްލަމް ވަނީ އިންޓަވެންޝަންއެއް ދެއްވާފައިވެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ރާއްޖޭގެ ތިމާވެށި މިހާރު އޮތް ޙާލަތަށް އަލިއަޅުއްވާލައްވަމުން، ރާއްޖެއަކީ ދުނިޔޭގެ މޫސުމަށާއި ކަނޑުގެ ދިޔަވަރަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެއް ޤައުމުކަން ފާހަގަ ކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބޭ ގެއްލުމާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާއި، އެފަދަ މަސައްކަތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލެއްވިއެވެ.

އަސްލަމްގެ ވާހަކަފުޅުގައި ތިމާވަށި ރައްކާތެރި ކުރުމަށާއި، 2030 ވަނަ އަހަރު ނެޓް ޒީރޯ ޤައުމަކަށް ވުމަށް ރާއްޖެއިން ކުރަމުންދާ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފާހަގަ ކުރައްވައި، މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާގުޅޭ ކޮމިޓީގެ މަސައްކަތްތައް ކިޔައިދެއްވިއެވެ.

އަސްލަމް ވަނީ މި ކޮންފަރެންސްގެ ޙަވާސާގައި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދާނާ އާ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ފާއިތުވިތާނގައި ދެޤައުމު ދެމެދުގައި އޮތް ގާތްގުޅުން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި އެގުޅުން ބަދަހިކޮށް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސް ވަނީ ޔޫގަންޑާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް އަނީތާ އަމޮންގްއާ ވެސް ބައްދަލުކުރައްވައި ދެ ގައުމުގެ ޢާނޫނުހާ މަޖިލީހުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޮނަރަބަލް އަމޮންގްގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް މެނޭޖްކުރުމަށް ރާއްޖެއިން ގެންގުޅޭ އުސޫލުތައް ދަސްކުރަން މުހިންމުކަމުގައި ވިދާޅުވިއެވެ.

27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތްގައި ބައިވެރިވެވަޑައިގަތުމަށްފަހު މަދު އަސްލަމް އެނބުރި ރާއްޖެ ވަޑަގަތުމަށް ހަމަޖެހިފައިވަނީ މިޖަނަވަރީ މަހުގެ 8ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: