ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލުންތެރިންގެ އިންތިޒާރަށް ނިމުމެއް: ދިވެހި ފިލްމު “މީ އިޝްޤް” ރިލީޒްކޮށްފިި

ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރަފް އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑު ރޯލުން ފެނިގެންދާ ލޯބީގެ ޑްރާމާ ފިލްމު “މިއީ އިޝްގު” ރިލީޒްކޮށްފިއެވެ.

އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ މި ލޯބީގެ ފިލްމު އިއުލާނުކޮށް ފިލްމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތް ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އަދި މި ފިލްމުގެ ޕްރިމިއާ ޝޯ 06 ޖަނަވަރީ 2024 ގައި ވަނީ ބާއްވާފައެވެ. މިއީ އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމަށް ވާއިރު، ފިލްމުގެ ޕްރޮޑިއުސަރަކީ ލީނާޒް ހުސައިން އެވެ.

އާޝާއާއި ޝަރަފު ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ، މި ތަރިން އެކީގައި މަސައްކަތް ކުރާ ތިންވަނަ ޕްރޮޖެކްޓަށް ވާއިރު، ޖޯޑެއްގެ ގޮތުގައި ފެނިގެންދާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން އުފައްދާފައިވާ ވެބް ސީރީޒް އެއް ކަމަށްވާ “ހިނދުކޮޅެއް”ގައި ވެސް ދެ މީހުން ވަނީ ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ. އަދި މި ސީރީސް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޤުބޫލު ސީރީސްއެއް ކަން ފާހަގަކުރެވެއެވެ.

“މީ އިޝްޤު” ލޯންޗު ކުރުމުގެ ހަފްލާގައި ފިލްމުގެ ޑައިރެކްޓަރު އަޒްހާން ބުނެފައިވަނީ މިއީ ވަރަށް އަސަރުގަދަ އަދި ބެލުންތެރިން ރޮއްވާލާނެ ފިިލްމަކަށް ވާނެ ކަމަށެވެ. މި ފިލްމުގެ އެންމެ ފާހަގަކޮށްލަންޖެހޭ ކަމަކީ ފިލްމުގެ ސައުންޑް ޓްރެކްތަކުގެ ތެރޭގައި ހިމެނޭ “އަންނާށޭ އުދުހިލާ” އަދި ޓައިޓަލް ޓްރެކް “މީ އިޝްޤު” އަށް ލިބުނު މަޤުބޫލުކަމެވެ. މި ލަވަތަކުގެ ވޯކަލްއަކީ، ބެލުންތެރިންގެ މެދުގައި މަޤުބޫލު ލަވަކިޔުންތެރިޔާ އަލީ އިނާން ސައީދު(އައްޔު) އެވެ. “އަންނާށޭ އުދުހިލާ”ގެ ލިރިކްސް އަދި މެލޮޑީގެ މަސައްކަތް ވެސް ކޮށްފައިވަނީ އައްޔުކަން ފާހަގަކޮށްލެއެވެ. މީގެ އިތުރުން މިއުޒިކް އަދި މާސްޓަރިންގެ މަސައްކަތް ކޮށްފައިވަނީ ޝަހީދު ލެގަސީއެވެ.

މި ފިލްމުގެ ޓްރެއިލާ ގައިވެސް ފެނިގެންދަނީ ބެލުންތެރިންގެ ސަމާލުކަން ދަމައިގަންނަ ކަހަލަ މަންޒަރެވެ. މި ފިލްމުގެ ދިގުމިނަކީ 2 ގަޑި އިރާއި 27 މިނެޓެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް އޮލިމްޕަސް ޓިކެޓު ކައުންޓަރުން ޓިކެޓު ބައްލަވައިގަނެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: