ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ސޯޝަލްމީޑިއާގައި އިހުތިރާމްކުޑަކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.
އިންޑިއާ އަދި ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރި މައްސަލަ ހޫނުވެފައިވާއިރު، ޝަރީފްވެސް ވަނީ އެ މައްސަލައިގައި ނުރުހުންވެވަޑައިގެން ހުންނެވިކަން ހިއްސާކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ސިޔާސީ އެކްޓިވިސްޓުންތަކެއް އިންޑިއާ އާއި ދެކޮޅަށް ބޭނުންކުރަމުންދާ ބަސްކޮށާރުގެ ސަބަބުން ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
އޭނާ ވިދާޅުވީ، ކުރަމުންދަނީ ނުރައްކާތެރިކަމެއް ކަމަށާއި ރާއްޖޭގައި ސުލްހަ ގާއިމުވެފައި އޮތުމުގައި އިންޑިއާ އާއި ދެމެދު އޮތް ގުޅުން މުހިންމު ރޯލެއް އަދާކުރާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި ސަރަހްދުގެ ސަލާމަތީ ކަންކަމާއި އިގްތިސާދުވެސް އެ ގުޅުމުގެ މައްޗަށް ބުރަވާކަމަށެވެ.
ކުރީގެ ނައިބުރައީސް އަހުމަދު އަދީބްވެސް ވަނީ މި މައްސަލައިގައި ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ބިނާކުރުމުގައި އިންޑިއާއިންވެސް މުހިންމު ރޯލެއް އަދާކޮށްފައިވާކަމަށާއި ސަރުކާރު މި މައްސަލައިގައި އެ ވިސްނުންތައް ނުގެންގުޅޭކަން ހިއްސާކޮށްފައިވުމުން އެކަމަށް މަރުހަބާ ކިޔާކަމަށްވެސް ބުނެފައިވެއެވެ.

