ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ޓޫރިސްޓުން ބުކިން ކެންސަލް ކުރާ ވަރު ބެލުމަށް މާޓާޓޯއިން ސާވޭއެއް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެގައި ޗުއްޓީ ހޭދަކުރުމަށް އިންޑިއާ ގެސްޓުން ހަދާފައިވާ ގިނަ ހޮޓެލް ބުކިންތަކެއް ކެންސަލް ކުރަމުންދިއުމާއި ގުޅިގެން އޭގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ އަސަރު ދެނެގަތުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެން ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ސާވޭއެއް ފަށައިފި އެވެ.

ބުކިންތައް ކެންސަލް ކުރަން ފަށާފައިވަނީ ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް ޒިޔާރަތް ކުރަން ގޮވާލައި އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިން ވެސް ހިމެނޭ ގޮތަށް ފެށި ކެމްޕޭނަށް ފަހުގަ އެވެ. އަދި ރާއްޖެއަށް އިންޑިއާގެ އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓާލައި އެގައުމުގެ ޓުއާ އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލައި ރާއްޖެ ބޮއިކޮޓް ކުރުމަށް ވެސް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

މަޓާޓޯއިން ވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކާއި، ހޮޓާ އަދި ގެސްޓް ހައުސްތަކަށް މި ސާވޭ ކުރިއަށް ގެންދިއުމަށް ގޮވާލާފަ އެވެ.

އިންޑިއާ ޓުއަރިސްޓުން ބުކިންތައް ކެންސަލް ކުރުމާއި ގުޅިގެން، ސާވޭގެ ޒަރިއްޔާއިން ލިބޭ މައުލޫމާތުގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރު ދެނެގަނެވޭނެ ކަމަށް މަޓާޓޯ އިން ބުނެ އެވެ.

ސާވޭގައި ހިމެނޭ ބައިތަކުގެ ތެރޭގައި ހޮޓެލްގެ މައުލޫމާތާއި، ކެންސަލޭޝަން ތަފާސްހިސާބުތަކާއި، ބުކިން ކެންސަލް ކުރި ސަބަބާއި، އާމްދަނީއަށް ކުރި އަސަރާއި، ފިއުޗާ އައުޓްލުކާއި، ކޮމިއުނިކޭޝަން އަދި ޕަބްލިކް ރިލޭޝަންއާއި އަދި ރިކޮމެންޑޭޝަން ހިމެނެއެވެ. ސާވޭ ހެދުމަށްފަހު އީމެއިލް ކުރުމަށް މަޓާޓޯއިން ވަނީ އެދިފަ އެވެ.

މިދިޔަ 2023 އާއި 2022 އަދި 2021 ގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން އިންނެވެ. އެއިން ކޮންމެ އަހަރެއްގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: