ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ދެކޮޅަށް އިންޑިއާއިން ބޮޑު ކެމްޕެއިންއެއް ކުރަނިކޮށް، އެ ގައުމުގެ ފަތުރުވެރިންނާއިއެކު ރާއްޖެއަށް ކުރޫޒް ލައިނާއެއް!

އިންޑިއާގެ ފަތުރުވެރިންނާއިއެކު ރާއްޖެ އައި ކުރޫޒް ލައިނާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ދެކޮޅަށް އިންޑިއާއިން ބޮޑު ކެމްޕެއިންއެއް ކުރަމުން ދަނިކޮށް އިންޑިއާގެ ފަތުރުވެރިންނާއިއެކު ރާއްޖެއަށް ބޮޑު ކުރޫޒް ލައިނާއެއް އައިސްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ހާމަކޮށްފައިވާ ގޮތުގައި އެމްއެސް ކޯސްޓަރ ސެރެނާ ވަނީ މިއަދު ރާއްޖެ އައިސްފައެވެ. މި ކުރޫޒް ލައިން މާލެއަށް ބަނދަރުކޮށްފައިވަނީ އިއްޔެ ހެނދުނުކަމަށްވާއިރު، މިއީ ރާއްޖެއަށް މި އަހަރު އައި ފުރަތަމަ ކްރޫޒް ލައިނާއެވެ.

އިޓަލީވިލާތުގެ މި ކުރޫޒް ލައިނާއިން ރާއްޖެއަށް، އައިފައިވަނީ 1،985 ފަތުރުވެރިންނާއިއެކުއެވެ. މީގެ ތެރެއިން މަދު ބަޔަކު ނޫނީ ނިސްބަތްވަނީ އިންޑިއާއަށެވެ.

މާޔާއިން ވަނީ ސަރުކާރާއި އެޖެންސީތަކުގެ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު މި ކުރޫޒް ލައިނާ ރާއްޖެ އައިސްފައި މިވަނީ، އިންޑިއާއިން ރާއްޖެ ނައުމަށް ގޮވާލާ، ރާއްޖެއާއި ދެކޮޅަށް ބޮޑު ކެމްޕެއިނެއް ފަށާފައިވަނިކޮށެވެ. އަދި އިންޑިއާ ސަރުކާރުންވެސް ވަނީ ރާއްޖެއިން މައާފަށް އެދުމަށް ޑިމާންޑްކޮށްފައެވެ.

އެއީ ރާއްޖޭގެ އިސް އޮފިޝަލުންތަކެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައަމީސްކޮށް ފާޑު ވިދާޅުވި މައްސަލައިގައެވެ. އެ ތިން އޮފިޝަލުން މަގާމުން ވަކިކުރުމަށް އިންޑިއާއިން ޑިމާންޑް ކުރި ނަމަވެސް ސަރުކާރުން ހަމައެކަނި ކުރީ ސަސްޕެންޑެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 21%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: