ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާ ނަގާ މައްސަލަ ބަލަނީ!

ރައީސުލްޖުމްހޫރިއްޔާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ތިނަދޫއިން ރަށްވެހިކަން އެހެން ތާކައް ބަދަލުކުރާނަމަ 5،000 ރުފިޔާގެ ފީއެއް ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ގޮތަށް ނިންމި ނިންމުން ލޯކަލް ގަވަންމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފިއެވެ.

ކައުންސިލުން ބުނި ގޮތުގައި މި ނިންމުން ނިންމީ ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ދެމެހެއްޓުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އެގޮތުން މިފަދަ ފިޔަވަޅެއް އެޅުމުގެ ސަބަބުން ރަށުގެ އާބާދީ ކުޑަވެގެން ދިއުމަށް އޮތް ފުރުސަތު ކުޑަވާނެކަމަށް ކައުންސިލުން ބުންޏެވެ.

7 ޖެނުއަރީ 2024 ފެށިގެން މި އުސޫލަށް އަމަލު ކުރަމުން ގެންދާނެކަމަށް ކައުންސިލުން ބުންޏެވެ.

މިކަމާއި ގުޅިގެން  އެލްޖީއޭގެ ސީއީއޯ ވިދާޅުވީ މިކަމާއިމެދު ވަކި ގޮތެއް މިއަދު ނިންމަވާނެކަމަށެވެ. މި މައްސަލަ އޮތީ އެގްޒެކްޓިވް ބޯޑު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިކަމަށް ޒުލްފާ ވިދާޅުވިއެވެ. މިފަދަ ނިންމުމެއް ކައުންސިލުން އަމިއްލައަށް ނިންމުމުގެ ފުރުސަތު ގާނޫނުގައި ނެތްކަމަށްވެސް ވިދާޅުވިއެވެ.

ތިނަދޫއަކީ ސިޓީއެއްކަމަށް ކުރީ ސަރުކާރުން ކަނޑައެޅީ އިންތިހާބުގެ ދުވަސްވަރުއެވެ. ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވެނީ 10،000 މީހުން ހަމަވާ އާބާދީތަކަށެވެ. ނަމަވެސް ތިނަދޫގެ އާބާދީއަކީ 8،000 އެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ، ގާނޫނުގައި ބުނާ އަދަދަށް އާބާދީ ހަމަވެފައިވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: